Advertisement

ގޮއްވާލި ބެޗްގެ ޕޭޖަރެއް --

18 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

މުވާޞަލާތީ ޕޭޖަރުތައް ގޮއްވާލައިގެން އިޒްރޭލުން ހިޒްބުﷲ ހަނގުރާމަވެރިންނަށް ހަމަލާދީފި

ހިޒްބުﷲގެ ހަނގުރާމަވެރިން ބޭނުން ކުރަމުން އައި މުވާޞަލާތީ ޕޭޖަރުތައް ގޮވައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ޒަޚަމްވެ ބައެއް ހަނގުރާމަވެރިން މަރުވި ހާދިސާއަކީ އިޒްރޭލުން ދިން ހަމަލާއެއް ކަމުގައި ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިއްޔެ ބެއިރޫތުގައި ހިނގި ޕޭޖަރުތަކުގެ ބެޓެރީ ގޮވުމުގެ ހާދިސާތަކުގައި 3000 ވުރެ ގިނަ ހިޒުބުﷲގެ ހަނގުރާމަވެރިން ޒަޚަމްވެ 9 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޮއްވާލި ޕޭޖަރ ތަކަކީ، ހިޒްބުﷲއިން ވަރަށް ފަހުން ގަނެގެން ގެނައި ޕޭޖަރ ތަކެކެވެ. މިޕޭޖަރތައް ގަނެފައި ވަނީ، ތައިވާނުގެ ކުންފުންޏެއް ކަމަށްވާ، ގޯލްޑް އެޕޯލޯއިންނެވެ. އެކުންފުނިން އުފެއްދި ޕޭޖަރުތައް ހަމަލާދިނުމުގެ ހަތިޔާރެއްގެ ގޮތުގައި އިޒްރޭލުން ބޭނުންކޮށްފައި ވަނީ ޔޫރަޕްގެ ކުންފުންޏަކާއި ގުޅިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނިއު ޔޯކް ޓައިމްސް އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ވަނީ ގޯލްޑް އެޕޯލޯ އިން އޯޑަރުކޮށްގެން ހިޒްބުالله ޖަމާއަތުން ގެންދިޔަ ޕޭޖަރުތަކުގެ ބެޓެރީގެ ތެރޭގައި ގޮވާތަކެތި ފޮރުވާފައެވެ. އަދި އެޕޭޖަރުތައް ފަރުމާކޮށްފައި ހުރީ، ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން އެއްފަހަރާ ގޮއްވައިލެވޭ ގޮތަށެވެ.

ލުބުނާނުގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ޒަޚަމްކޮށްލި މި ހަމަލާއަކީ، އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑާއި އިސްރާއީލުގެ ހައްދު ފަހަނައެޅި އަސްކަރިއްޔާ ގުޅިގެން ހިންގި އަމަލެއް ކަމުގައިވެސް ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ހިޒްބުﷲ ހަނގުރާމަވެރިން މޯބަލް ފޯނުގެ ބަދަލުގައި، ޕޭޖަރ ބޭނުން ކުރަން ފަށާފައި ވަނީ، ދުނިޔޭގެ މުވާޞަލާތީ ވަސީލަތްތަކުގައި ޔަހޫދީންގެ ކޮންޓްރޯލް އޮތުމާއި އެކު އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބަލާފައެވެ.

ލުބުނާނުގައި އިއްޔެ ދިން ހަމަލާއާއި ގުޅިގެން، ޒަމާނީ ވަޞީލަތްތައް ހަނގުރާމައިގެ ހަތިޔާރުގެ ގޮތުގައި ބޭނުންކޮށް، ވަކިވަކި މީހުންނާއި ގުރޫޕްތަކަށް ހަމަލާދިނުމުގެ ޒަމާނެއް ފެށިގެން ދިޔައީ ކަމުގެ ކަންބޮޑުވުން އާއްމުފަރާތްތަކުން ވަނީ ސޯޝަލްމީޑިއާގައި ފާޅުކޮށްފައެވެ.

ލުބުނާނުގެ ބެއިރޫތު ބަނދަރުގައި 2020  ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ގޮވި ބާރުގަދަ ގޮވުމަކީވެސް އިޒްރޭލުގެ ހަމަލާއެއް ކަމުގައި ލުބުނާނުން ތުހުމަތުކޮށްފައިވެއެވެ. ނިއުކުލިއަ ގޮވުމެއްހައި ބާރުގަދަ އެގޮވުމުގެ ސަބަބުން ލުބުނާނުގައި 218 މީހުން މަރުވެ 7000 ވުރެ ގިނަ މީހުން ޒަޚަމްވެ ތިން ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، 15 ބިލިއަން ޑޮލަރުގެ ޢުމުރާނީ ގެއްލުންތައް ލިބުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.