Advertisement

ފޮޓޯ: އެސްޓީއޯ

03 Dec 2023
ވިޔަފާރި
ނޫން

އެސްޓީއޯގެ ހެއްޔާ މަކިޓާ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން ކުރިޔަށްގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން އާދީއްތަ ދުވަހު ފަށައިފިއެވެ. ޑިސެމްބަރ 3 ވަނަ ދުވަހުން ފެށިގެން 2024 ޖެނުއަރީ 11 އަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ، މުހައްމަދު އީމާން އެވެ. 
އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި މުއްދަތުގައި ޕްރޯޝަން ކުރިޔަށް ގެންދާނެއެވެ. ޕްރޮމޯޝަންގެ ދަށުން ކުރައްވާ ކޮންމެ ފަސް ސަތޭކަ ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިލައްވާއިރު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. 

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 (ތިރީސް ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ލިބޭނެއެވެ. އަދި ދެވަނައަށް 20،000 (ވިހި ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބޭ އިރު ތިންވަނައަށްދާ ފަރާތަކަށް 10،000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބޭނެއެވެ. މީގެ އިތުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެއެވެ.

މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބިވަޑައިގަންނަވާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.