އޮގަސްޓް މަހު މީރާއަށް 1.60 ބިލިއަން ރުފިޔާގެ އާމްދަނީއެއް
މިއަހަރުގެ އޮގަސްޓު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު %21.0 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ މިއަހަރުގެ އޮގަސްޓްމަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވިނަމަވެސް އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބިފައިވާ އާމްދަނީ ވަނީ %7.7 ދަށްވެފައެވެ.
Showing 169 to 189 of 209 results