Advertisement

ފޮޓޯ: ބީސީސީ

16 Aug 2023
ވިޔަފާރި

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އައްޑޫ އެއަރޕޯޓަށް

އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ޓްރާންސިޓް ލައުންޖްގައި ހުޅުވައިފިއެވެ. މި އައުޓްލެޓް  ހުޅުވައިދެއްވީ އިއްޔެ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

“އޮތެންޓިކް މޯލްޑިސް“ ގެ ފިހާރަތަކަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގަމުންދާ ފިހާރަތަކެކެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްގައި މި ހުޅުވުނު ފިހާރައަކީ މާލެ ސަރަހައްދުން ބޭރުން ދެކުނުގެ ސަރަހައްދުގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ. މި ފިހާރައިގައި 70 އަށްވުރެ ގިނަ އުފެއްދުންތެރިންގެ އުފެއްދުންތައް ހުންނާނެކަމަށް ބީސީސީއިން ބުނެއެވެ. މި ފިހާރައިގެ ސަބަބުން އައްޑޫ ސިޓީގެ އިތުރުން ދެކުނުގެ އެހެނިހެން އަތޮޅުތަކުގައި ތިބި އުފެއްދުންތެރިންނަށް ފަހި ފުރުސަތެއް ލިބިގެންދާނެކަމަށް ބީސީސީއިން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ 2020 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައެވެ. އަދި މިހާރު މާލެ، ކުޑަވިލިނގިލި ރިސޯޓް އަދި ކްރޮސްރޯޑް މޯލްޑިވްސްގައިވެސް ވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވާފައެވެ. މީގެއިތުރުން ޖަޕާން އެކްސްޓާނަރ ޓްރޭޑް ކޯޕަރޭޝަން އާއި ގުޅިގެން ޖަޕާނުގެ ކަންސާއީ އަދި ނަރީތާ އެއަރޕޯޓްގައި ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

57 ސަޕްލަޔަރުންނާއިއެކު ފެށި ނަމަވެސް އޮތެންޓިކް މޯލްޑިވްސްގައި މިހާރު 250 ސަޕްލަޔަރުންގެ 3000 އަށްވުރެ ގިނަ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ކުރެވުނު ވިޔަފާރީގެ ގޮތުގައި 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހި އުފެއްދުންތެރިންނަށް ދީފައިވާކަމަށް ބީސީސީއިން ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.