Advertisement

31 Aug 2023
ޚަބަރު

ހުޅުމާލެއިން ދަނޑުބިން ކުއްޔަށް ދިނުމަށް ބިން ދޫކުރުމުގެ 2ވަނަ ބުރަށް ހުޅުވާލައިފި

އަރބަނކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އަރބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުންކަމަށެވެ. 

މި މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ލޮޓް، 5 އަހަރުގެ ދުވަހަށް ކުއްޔަށްދޭ އުސޫލުން ދެވިގެންދާނެކަމަށް އަރބަންކޯއިން ބުނެއެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އަރބަންފާރމިންގް ގެ އެހެން ޔުނިޓް އެއް މީގެ ކުރިން ލިބިފައިވާ ފާރާތަކަށް ވެގެން ނުވާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި މަޝްރޫއު ހިންގާނީ 3 ކެޓަގަރީއަކަށް، ކޮންމެ 3 މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުންނެވެ. ފުރަތަމަ ކެޓަގަރީ ފަރުމާކުރެވިފައިވަނި އަންހެނުން ބާރުވެރިކުރުވުމަށެވެ. އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50% ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައެވެ. ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ. އެގޮތުން މި ކެޓަގަރީއަށް 25% ހާއްސަކުރެވިފައިވެއެވެ. މިއާއެކު ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީއެވެ. މި ކެޓަގަރީއަށް 25% ހާއްސަކޮށަފައިވާކަމަށް އަރބަންކޯއިން ބުނެއެވެ.

މި ޔުނިޓްތަކުން ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ލިބިގެންދާނެކަމަށް އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

ޝައުގުވެރިވާ ފަރާތަތަކުން އަރބަންކޯ ވެބަސައިޓް މެދުވެރިކޮށް ފޯރމް ލިބޭނެއެވެ. ފޯރމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 28 ސެޕްޓެމްބަރ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.