Advertisement

ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

25 Aug 2023
ޚަބަރު

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް އިލޯން މަސްކްގެ "ސްޓާލިންކް" އަށް

ސްޓާލިންކް ސާވިސަސްއަށް ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކޮށްފި އެވެ. ސްޓާލިންކް އަކީ ސެޓެލައިޓް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ސްޓާލިންކަކީ މަހުޖަނު އަދި ސްޕޭސްއެކްސް އާއި ޓެސްލާގެ ބާނީ އީލޮން މަސްކުގެ ކުންފުންޏެކެވެ. ކޭމްއިން ލައިސެންސް ދޫކުރީ، މި ހިދުމަތް ދިނުމަށްޓަކައި ސްޓާލިންކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށެވެ.

ސްޓާލިންކަށް ލައިސަންސް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އެވެ. ސްޓާލިންކުގެ ފަރާތުން ލައިސެންސާ ހަވާލުވީ ސްޓާލިންކުގެ ބެލެނިވެރި، ސްޕޭސްއެކްސް ކުންފުނީގެ ސީނިއާ ޑިރެކްޓާ ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓް އެވެ.

މިހާރު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދެނީ ދިރާގާއި އުރީދޫ އަދި ފޯކަސް އިންފޯކޮމް (އާރުއޯއެލް) އިންނެވެ. ސްޓާލިންކް ވެގެން ދާނީ އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ލިބުނު ހަތަރު ވަނަ ކުންފުންޏަށެވެ. ނަމަވެސް، ސްޓާލިންކަކީ ސެޓެލައިޓް ބޭނުންކޮށްގެން މި ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހައިސްޕީޑް އިންޓަނެޓް މަގުގަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފުޅާކޮށް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެއްކަމަށެވެ. އިންޓަނެޓްގެ ޚިދުމަތަކީ އާއްމު ދިރިއުޅުމުގެ މުހިންމު ވަސީލަތަކަށް ވެފައިވާއިރު، މި ސަރަޙައްދުގައި ރާއްޖެ މިހާރުވެސް ހިމެނެނީ އިންޓަނެޓާއި ގުޅުންހުރި ޚިދުމަތްތައް އެންމެ ފުރިހަމައަށް ދޭ އެއް ޤައުމުގެ ގޮތުގައި ކަމަށް ޝައުނާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.