ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް އިލޯން މަސްކްގެ "ސްޓާލިންކް" އަށް
ސްޓާލިންކް ސާވިސަސްއަށް ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކޮށްފި އެވެ. ސްޓާލިންކް އަކީ ސެޓެލައިޓް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ސްޓާލިންކަކީ މަހުޖަނު އަދި ސްޕޭސްއެކްސް އާއި ޓެސްލާގެ ބާނީ އީލޮން މަސްކުގެ ކުންފުންޏެކެވެ.