Advertisement

17 Aug 2023
ޚަބަރު

24 ރަށެއްގައި އަވިން އުފައްދާ ހަކަތަ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ

ރާއްޖޭގެ 24 ރަށެއްގައި، 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މިއީ އަވިން އުފައްދާ ހަކަތަ ރައްކާ ކުރާ ނިޒާމެކެވެ.

މަސައްކަތް ހަވާލުކޮށްފައިިވަނީ ޗައިނާގެ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި އެ ގައުމުގެ ގުއަޑިއަން ނަންޖިންގް އޮޓޯމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލާ ހައިބްރިޑް (ބެއިޖިން) ޓެކްނޯލޮޖީ ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާއެވެ.

އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޕެއިޓާއެވެ.

މި މަޝްރޫއުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓާއިރު، އަވީގެ ހަކަތައިން އުފައްދާ ކަރަންޓުން އެ ވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާ ކުރެވޭނެ އެވެ.

މި ނިޒާމްތައް ގާއިމްކުރާ ރަށްތަކަކީ:

- ހދ. ކުޅުދުއްފުށި

- ށ. ފުނަދޫ

- ޅ. ނައިފަރު އަދި ހިންނަވަރު 

- ބ. އޭދަފުށި

- ގއ. ވިލިނގިލި

- ގދ. ތިނަދޫ

- ލ. އަތޮޅުން : ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ އަދި މާވަށް

- އައްޑޫ : ހިތަދޫ، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ

- ފުވައްމުލައް ސިޓީ

މިއީ ވޯލްޑް ބޭންކުގެ އެހީގައި ސަރުކާރުން ހިންގާ މަޝްރޫއެކެެވެ. ކަރަންޓު ވިއުގައަށް ފޯރުކޮށްދޭ އިއާދަކުރަނިވި ހަކަތަ، އެ ރަށެއްގެ ޑިމާންޑްގެ ނިސްބަތުން %30އަށް ވުރެ މައްޗަށްދާ ހާލަތްތަކުގައި، ގްރިޑް ސްޓެބިލިޓީ މައްސަލަތައް ހަމައަކަށް އަޅުވައި އާންމުކޮށް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުޔެއް ލިބޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.