ވިޔަފާރި
20 Dec 2023
ވިޔަފާރި
މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފި
ސަރުކާރުގެ މަސްކުންފުނި މިފްކޯއަކީ ސައްތައިންސައްތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.
19 Dec 2023
ވިޔަފާރި
އެސްޓީއޯގެ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ސޭލްއެއް
އެސްޓީއޯގެ 59 ވަނަ އަހަރީ ދުވަހާ ގުޅިގެން 2 ދުވަހުގެ ސޭލްއެއް ފަށައިފިއެވެ. އެސްޓީއޯގެ އަހަރީ ދުވަހަކީ މިއަދެވެ.
19 Dec 2023
ވިޔަފާރި
ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު %2 ދަށް
މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު %2 ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހު އިމްޕޯޓް ވަނީ ދަށްވެފައެވެ. ނަމަވެސް އެކްސްޕޯޓް ވަނީ އިތުރުވެފައެވެ.
18 Dec 2023
ވިޔަފާރި
އިއްތިހާދު އެއަރވޭސްގެ ދަތުރުވެރިންނަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 16 މަންޒިލަކަށް
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި އިއްތިހާދު އެއާވޭސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިގޮތައް ހަމަޖައްސާފައިވަނީ އިއްތިހާދު އެއާވޭސާއެކު ސޮއިކުރި އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ.
17 Dec 2023
ވިޔަފާރި
ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން މުހިންމު ފިޔަވަޅެއް
ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް އުފުލިފައިވުމާ ގުޅިގެން، ފިޔާގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުންނާއި ފިޔާ ހުސްނުވެ ރާއްޖެއިން ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް ފިޔާ އެތެރެކުރަން އިސްޓީއޯއިން ފަށައިފިއެވެ.
17 Dec 2023
ޚަބަރު
ޗައިނާގެ މަންޒިލްތަކަށް ދަތުރުތައް އިތުރުކުރުމަށް މޯލްޑިވިއަންއަށް ވައިޑް ބޮޑީ ދެ އެއާކްރާފްޓް ގެންނަނީ
ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުންތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'ތައް ތަޢާރަފްކުރުމުގެ ގޮތުން އިންވެސްޓް ކުރަންޖެހޭ ފައިސާގެ އަދަދު، ފިނޭންސް މިނިސްޓްރީއަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
17 Dec 2023
ޚަބަރު
އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރުކަމަށް ކަނޑައަޅައިފި
ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ އަދަދަކީ 100 މިލިއަން ޑޮލަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި މިއަދު ރައީސް އޮފީހުން ނެރުއްވި ޤަރާރެއްގައި ވަނީ މިގޮތައް ބަދަލުކުރައްވާފައެވެ.
13 Dec 2023
ޚަބަރު
ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަލުކުރެއްވުމަށް އުރީދޫ ގުރޫޕާއިއެކު މަޝްވަރާކުރައްވައިފި
މިބައްދަލުކުރެއްވުމުގައި، ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދޭނެ ކަންކަމުގެ އިތުރުން، އުރީދޫ ގްރޫޕުގެ ސީ.އެސް.އާރުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދެވޭ މަސައްކަތްތަކުގެ މައްޗަށް އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީ.އީ.އޯގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
12 Dec 2023
ޚަބަރު
ޔޫއެސް ޑޮލަރުގެ 100 ޑޮލަރުގެ ވަގުނޫޓުތަކެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ
އެމްއެމްއޭއިން ބުނީ، ދައުރުވާ ވަގު ނޫޓުތަކަކީ، ނޫޓުތަކަކީ 1996 ން ފެށިގެން 2016 އާއި ދެމެދުގެ ތާރީޚްގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯރޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓާއި އެއްގޮތަށް ހަދާފައިވާ ނޫޓުތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން ޞައްޙަނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތައް އެމްއެމްއޭއިން ވަނީ އާއްމުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހާމަކޮށްފައެވެ.
12 Dec 2023
ވިޔަފާރި
މިދިޔަ މަހު މީރާގެ އާމްދަނީ 1.67 ބިލިއަނުގައި
ނޮވެންބަރު 2023 ގައި މީރާއަށް 1.67 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.5 އިތުރު އަދަދެކެވެ. އަދި، ސެޕްޓެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %9.3 ގިނަ އަދަދެކެވެ.
11 Dec 2023
ވިޔަފާރި
އެމްއެމްއޭގެ ފަވަރައަށް އިތުރު 2 ބޭންކަކުން ގުޅިއްޖެ
މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އަކީ މާލީ ނިޒާމާއި ބީރަށްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.
11 Dec 2023
ވިޔަފާރި
ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓްރީން ދީފި
ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ. އެ ވުޒާރާއިން މިހެން ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާތީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
10 Dec 2023
ޚަބަރު
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްއަށް ޓެކްސީއަށް މަޑުކުރެވޭގޮތް ހަދައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިކަން އިފްތިތާހުކުރުމަށް މިއަދު ވަނީ އެއަރޕޯޓްގައި ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.
08 Dec 2023
ޚަބަރު
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރަކުން 40 ލާރި އަދި ޑީސަލް ލިޓަރަކުން 45 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.
05 Dec 2023
ވިޔަފާރި
މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏަކަށް ހެދުމަށް ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިނިންމުން ނިންމެވީ މަސްވެރިކަމުގެ ސިނާޢަތުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި މަސްވެރިންނަށް ލިބިދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާ ކުރެވިގެން ކަމުގައިވެސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެއްދެވުމަށްވެސް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
03 Dec 2023
ވިޔަފާރި
އެސްޓީއޯގެ ހެއްޔާ މަކިޓާ ޕްރޮމޯޝަން ފަށައިފި
އެސްޓީއޯއިން ކުރިޔަށްގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން އާދީއްތަ ދުވަހު ފަށައިފިއެވެ. ޑިސެމްބަރ 3 ވަނަ ދުވަހުން ފެށިގެން 2024 ޖެނުއަރީ 11 އަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ، މުހައްމަދު އީމާން އެވެ.