Advertisement

ފޮޓޯ: އައިލްސް

07 Jan 2024
ޚަބަރު

ށ.ގޮއިދޫގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކުރާނެ ފެސިލިޓީއެއް އަޅާނެ ބަޔަކު ހޯދަނީ

ށ. ގޮއިދޫގައި ދަނޑުވެރިކަމުގެ ޕްރޮސެސިން ފެސިލިޓީއެއް އަޅަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި އިއުލާނުގައި ވަނީ ކައުންސިލުގެ އަމިއްލަ ތަކެތީގައި ކުރެހުމާ އެއްގޮތަށް ދަނޑުވެރިކަމުގެ ޕްރޮސެެސިން ފެސިލިޓީއެއް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހު އޮފީސް ބަންދުކުރުމާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެ ރަށު ކައުންސިލުން ވިދާޅުވީ، މިއީ ދަނޑުވެރިން ހައްދާ ތަކެތި ކޮތަޅު ބަންދުކުރުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ގޮތަށް ގާއިމްކުރާ ފެސިލިޓީއެއް ކަމަށެވެ.

ގޮއިދޫގައި ގާއިމުކުރާ ޕްރޮސެސިން ފެސިލިޓީއަކީ ސާކް ޑެވޮލޮޕްމަންޓް ފަންޑްއިން ހިންގާ "ލައިވްލުހުޑް އެންހޭންސްމަންޓް އޮފް ދަ ސްމޯލް ސްކޭލް ފާރމާސް އިން ސާކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރި-ބިޒްނަސް ފޯކަސިން އޮން ވެލިއު ޗެއިން ޑެވެލޮޕްމަންޓް" ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ށ.ގޮއިދޫއަކީ ދަނޑުވެރިކަމުގައި މަޝްހޫރު ރަށެކެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވަމުންނެވެ. އެރަށުގައި ގާތްގަނޑަކަށް 200 ދަނޑުބިން އޮވެއެވެ. އޭގެ ތެރޭގައި 3000 އަކަފޫޓުގެ ކުދި ދަނޑުބިމާއި، ވިޔަފާރިތަކަށް ދޫކޮށްފައި އޮތް 10،000 އަކަފޫޓުގެ ދަނޑުބިން ވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.