Advertisement

އައިލެންދް އޭވިއޭޝަންގެ މަތިންދާ ބޯޓެއް ---

17 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޗައިނާގެ މަންޒިލްތަކަށް ދަތުރުތައް އިތުރުކުރުމަށް މޯލްޑިވިއަންއަށް ވައިޑް ބޮޑީ ދެ އެއާކްރާފްޓް ގެންނަނީ

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް ފެށުމަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'ތައް ތަޢާރަފްކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުން އެކުންފުންޏަށް ހޯދައިދިނުމަށް ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުންތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'ތައް ތަޢާރަފްކުރުމުގެ ގޮތުން އިންވެސްޓް ކުރަންޖެހޭ ފައިސާގެ އަދަދު، ފިނޭންސް މިނިސްޓްރީއަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

"މި މަޝްރޫއުއަށް ބޭނުންވާ ވައިޑް ބޮޑީ އެއާކްރާފްޓް ގެ ގޮތުގައި ދެ އެއާކްރާފްޓް އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑުން ވަރަށް އަވަހަށް ގެނައުމުގެ މަސައްކަތް ފެއްޓެވުމަށްވެސް މިއަދު ވަނީ ނިންމަވާފައި. އަދި މިމަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ ގޮތުން އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކުރުމަށްޓަކައި ކަމާއިގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ބައެއްކަންކަން ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީނިންމަވާފައި"

މުހައްމަދު ޝަހީބު - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު 

އޮޕަރޭޝަނަލް ޚަރަދު ކުޑަކުރުމުގެ ގޮތުން ހަމަޖެއްސުމަށް ނިންމި ކަންކަން:

* އެންމެ ކުޑައަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި، ހޭންޑްލިންގ ނެވިގޭޝަން އަދި ލޭންޑިންގ އަދި ޕާކިންގައި އަގުހެޔޮކޮށްދިނުމާއި ގުޅޭކަންކަން މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑާއި މަޝްވަރާކުރައްވައިގެން ހަމަޖެއްސެވުން.

* މަންޒިލްތަކަށް އުދުހުމަށް ބޭނުންވާނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެޤައުމުތަކުން، ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މަޝްވަރާކުރައްވައިގެން ހޯދުން.

* މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަންދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ހަމަޖެއްސުން.

* ޗައިނާއިން ބޭނުންވާ ޚާރިޖީ ގުޅުމުގެ ކަންކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ގުޅިގެން ހަމަޖެއްސުން.

ޚާއްސަގޮތެއްގައި ޗައިނާއިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމުގެ ގޮތުން ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް އިތުރުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި އިރު މިހާރުވެސް މޯލްޑިވިއަންއިން ޗައިނާގެ 2 މަންޒިލަކަށް ދަތުރުކުރަމުން ދެއެވެ.

މިކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ކަމާއި އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންކަންވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.