Advertisement

28 Dec 2023
ޚަބަރު

2024 ވަނަ އަހަރުގެ އެލައިޑް ކަލަންޑަރު ތަފާތު

2024 ވަނަ އަހަރުގެ އެލައިޑް އިންޝުއަރެންސްގެ ކަލަންޑަރު ނެރެފިއެވެ. އެލައިޑުން ބުނީ އަންނަ އަހަރަށް އެ ކުންފުނިން ނެރެފައިވާ ކަލަންޑަރު ފަރުމާކޮށްފައިވާނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލާ އަދަދު މަދުކުރުމަށްކަމަށެވެ.

މިއީ ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ތައްޔާރުކޮށްފައިވާ ކަލަންޑަރެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކަލަންޑަރު ފަރުމާކޮށްފައިވަނީ އޮފީސް މާހައުލުގައާއި އެނޫންވެސް ތަންތަނުގައި ކަލަންޑަރު ބޭނުންކުރާއިރު ގަލަންފަދަ ތަކެތި ޖެހޭނެ ގޮތަށެވެ.

މި ކަލަންޑަރު އަންނަ އަހަރުވެސް ބޭނުންކުރެވޭނެކަމަށް އެލައިޑުން ވަނީ ބުނެފައެވެ. އެލައިޑަކީ ކޮންމެ ހައަރަކުވެސް ތަފާތު ޑިޒައިންތަކަށް ތިމާވެއްޓާއި ރަހުމަތްތެރި އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭގޮތައް ކަލަންޑަރު ފަރުމާކުރާ ކުންފުންޏެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.