ވިޔަފާރި
01 Aug 2024
ޚަބަރު
ރާއްޖެއަށް މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށައިފި
މިގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު 11:20 ގައެވެ. މިބޯޓުން 168 ފަސިންޖަރުން ވަނީ މާލެއަށް އައިސްފައެވެ.
01 Aug 2024
ޚަބަރު
ޕްލާސްޓިކް ކުދި ފެންފުޅި އުފެއްދުމާއި ވިއްކުން މަނާކުރުން ދެވަނަ ފަހަރަށް ފަސްކޮށްފި
29 Jul 2024
ޚަބަރު
މެލޭޝިއާ އެއާލއިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ
މެލޭޝިއާގެ ކުއަލަލަމްޕޫރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށާއި، އެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) އަދި މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމުގައިވެސް އެމްްއޭސީއެލްއިން ހާމަކުރައްވާފައިވެއެވެ.
17 Jul 2024
ރިޕޯޓް
ބިދޭސީންގެ އެކަމޮޑޭޝަން ޕްލޭނާއެކު ރާއްޖެއިން ބޭރުވާ ޑޮލަރު އެތައް ގުނައަކުން އިތުރުވާނެ
ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރާ މުއްދަތުގައި އެމީހުން ބެއިތިއްބުމަށް ހާއްސަ އެކަމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭޝިއާގެ އަޓިލްޒޭ ކުންފުންނިން ހުށަހެޅި ހުށައެޅުމަކީ ކުރިޔަށް ދިއުން ރަގަޅު ހުށަހެޅުމެއްކަމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން މިހާރު އެ ކުންފުންޏާއެކު ފަހުގެ މަޝްވަރާތައް ފަށާފައިކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާން ވަނީ މިދިޔަ އާދިއްތަ ދުވަހު އޮތް ހޯމް ސެކްޓަރ ޕްރެސް ބްރީފިން ގައި ވިދާޅުވެފައެވެ. ނަމަވެސް މިއީ ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާން ހުރި އެމެރިކާ ޑޮލަރު އެތައް ގުނައަކުން އިތުރު ވެގެން ދާނެ ނިންމުމެކެވެ.
13 Jul 2024
ވިޔަފާރި
އަމާޒަކީ މި އަހަރުގެ ވިންޓާ ސީޒަންގައި ގަޑިއަކު 84 ސީޕްލޭން އުދުއްސާލުން: ޝަރީފް
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އަމާޒަކީ މި އަހަރުގެ ވިންޓާ ސީޒަންގައި ގަޑިއަކު 84 ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން އުދުއްސާލެވޭނެ މަގު ފަހިކޮށްދިނުން ކަމުގައި، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅު ކިޔައިދެއްވަމުން، އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. މިހާރުގެ އިންތިޒާމުތަކާއެކު އެންމެ ބާރު ބޮޑު ވަގުތު ތަކުގައި ކޮންމެ މިނެޓަކުން ސީޕްލޭނެއް ޓޭކް-އޯފް ކުރެއެވެ. އެއީ އެއް ގަޑިއިރަށް ބަލާނަމަ 60 އުދުހުމެވެ. އަދި ބައެއް ފަހަރު މި އަދަދު 70 އަށް އަރާކަމަށް ވެސް ޝަރީފް ފާހަގަ ކުރެއްވެވިއެވެ.
13 Jul 2024
ވިޔަފާރި
ކޮންމެ ހިއްސާއަކަށް 80ރ. ބަހަން އެސްޓީއޯއިން ފާސްކޮށްފި
ހުކުރު ދުވަހުގެރޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބޭއްވި އެ ކުންފުނީގެ 2023 ވަނަ އަހަރުގެ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް 80ރ. ބަހަން ފާސްކޮށްފިއެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭ އެސްޓީއޯގެ ހިއްސާގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދުކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.
12 Jul 2024
ޚަބަރު
ގިނަ މީހުނަށް މިއީ އެމީހުންގެ ކެރިއަރުގައި އެންމެ ކާމިޔާބު އިވެންޓު: މުޖުތަބާ
އެއާރ ސާވިސް ވޯލްޑް ކޮންގްރެސްގެ 7 ވަނަ ބައްދަލުވުން ރާއްޖޭގައި މިފަހަރު ބޭއްވި އިރު، މިއީ މި ކޮންގްރެސްގައި ބައިވެރިވި އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ގިނަ ބަޔަކަށް، އެމީހުންގެ ކެރިއަރުގައި ކުރެވުނު މިފަދަ އެންމެ ރަގަޅު ތަޖުރިބާކަމާއި، އަދި މިއީ އެމީހުނަށް އެންމެ ކާމިޔާބު އިވެންޓު ކަމުގައި އެމީހުން ޕާސަނަލީ ބުނެފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެ އެވެ.
12 Jul 2024
ޚަބަރު
ސަރުކާރުން މި ވިއްކާލީ ވ އަތޮޅުގެ ޓުއަރިޒަމާ ގުޅިފައި އޮތް އެންމެ ބޮޑު ގުދުރަތީ އެއް ވަސީލަތް
ތިނަދޫ ކައުންސިލުގެ ރައީސް، ޝިފާގު ހުސެއިންވިދާޅުވެފައި ވަނީ، ބޮޑު ފިނޮޅަކީ ވ. އަތޮޅުގެ އިތުރުން، ކ. އަތޮޅާއި އަރި އަތޮޅުގެ ބައެއް ގެސްޓުހައުސްތަކާއި ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ވެސް ބޭނުން ކުރާ ތަނެކެވެ. އަދި އެ ތަން ވިއްކާލުމަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.
12 Jul 2024
ޚަބަރު
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު ނިންމާލައިފި
މިމަހު 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި ގުޅިގެންނެވެ.
10 Jul 2024
ޚަބަރު
އެސްއޯއީތަކުގެ މުވައްޒަފުން އިތުރުވެ، ގެއްލުން 2 ބިލިއަނަށް
ކުންފުނިތަކުގެ ގެއްލުމަށް ބަލާއިރު ގެއްލުމުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އެޗްޑީސީއިން ކަމުގައި އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޗްޑީސީ އަށް ލިބުނު ގެއްލުން އުޅެނީ 3.23 ބިލިއަން ރުފިޔާގައެވެ. މި ގެއްލުމުގެ ސަބަބުތަކުގެ ތެރޭގައި، ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބުތަކުން އުނި ކުރުމާއި، ހުޅުމާލެ 2 ގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން، ހިޔާ ފްލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
10 Jul 2024
ޚަބަރު
ކޮންގްރެސްގެ ސަބަބުން ވީ.އައި.އޭ އަށް ވިޔަފާރީގެ އައު ފުރުސަތުތައް ލިބިގެންދާނެ: ޝަރީފް
ޝަރީފް އިތުރަށް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތަރައްގީގެ ކުރިއެރުން އަންނަ މިފަދަ ދަނޑިވަޅެއްގައި މި ކޮންގްރެސް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ ކުރިއަށްގެންދިއުމަށް އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެކަމެއް ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އުފެދިގެންދާ ގުޅުންތަކުގެ ސަބަބުން، ވިޔާފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހި ވެގެންދާނެކަމަށެވެ.
25 Jun 2024
ޚަބަރު
ދަނޑުވެރި މަންފާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
އެމިނިސްޓްރީން ވިދާޅުވީ، މި ގްރާންޓް ޕްރޮގްރާމްގެ މަޢުލޫމާތު ދަނޑުވެރިންނާއި އަދި ކައުންސިލްތަކާއި ހިއްސާކުރުމުގެ ސެޝަންތައް، ޕްރޮޖެކްޓްގެ ރަށްތަކުގައި ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 25 ޖޫން 2024 އިން ފެށިގެން އެސްޑީއެފްސީ ޕޯޓަލްއިން އެޕްލިކޭޝަން ބަލައިގަތުން ކުރިޔަށް ދާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.
25 Jun 2024
ޚަބަރު
ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި
82 ފަސިންޖަރުންނާއެކު ޗޮންޗިންގ އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްށް ޖައްސާފައިވަނީ އިއްޔެ ހަވީރު 0540 ގައެވެ.
12 Jun 2024
ވިޔަފާރި
ނުރައްކާތެރި މާއްދާއެއް އެކުލެވޭތީ ތައިލެންޑްގެ ބޭސްތަކެއް މަނާކޮށްފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވަނީ، ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ، ސެވެން ސްޓަރސް ފާމަސޫޓިކަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ 15 ބޭހެކެވެ. އެބޭސްތައް ބޭނުން ކުރުމާއި، ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވަނީ، އެބޭސްތަކުގައި، ބޭނުންކޮށްފައިވާ، ސަބިޓޮލް (އެކްސީޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ، ތައިލޭންޑްގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެބޭސްތައް ބޭނުންކުރުން މަނާކޮށް އަދި ވިއްކުން މަނާކޮށް އެޅިފިޔަވަޅުތަކާއި ގުޅިގެންނެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، އެބޭސްތަކުގައި ދިމާވި މައްސަލަތައް ތައިލޭންޑްގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިއްސާކޮށްފައިވާ ކަމަށެވެ.
09 Jun 2024
ޚަބަރު
އައްޑޫގައި އަލުން އަންނައުނު އުފައްދާ ފެކްޓްރީ ހިންގަން ބިންދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ވިދާޅުވީ، މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޝުޢާއު ކަމަށެވެ. އަދި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ސާމިޙް އާދަމް އެވެ.
27 May 2024
ޚަބަރު
ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު އެސްޓީއޯއިން ހެޔޮކޮށްފި
އެސްޓީއޯއިން ވަނީ، މިއަދުން ފެށިގެން އެކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 35 ލާރި، އަދި ޑީސަލް ލީޓަރަކުން 70 ލާރި އަގު ހެޔޮކޮށްފައެވެ. މިބަދަލާއި އެކު އެކުންފުނިން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ، 13.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 13.92ރ. އަށެވެ.