Advertisement

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާއެއްގެ ތެރެއިން --

27 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން ހޮވުމަށް ޚާއްޞަ އާއްމު ޖަލްސާއެއް ބާއްވަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވުމަށް، ޚާއްޞަ ގޮތުން ބާއްވާ އާއްމު ޖަލްސާއެއް ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމުގައި އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި އެޖަލްސާއަކީ، ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިންް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ ޑިރެކްޓަރުންގެ ބަދަލުގައި އައު ބޭފުޅުން ހޮވުމަށް ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއެކެވެ. އެޖަލްސާގައި އޮންނާނީވެސް ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެމްބަރުންގެ މަޤާމުތަކަށް އައު މެމްބަރުން ޢައްޔަނުކުރުން ކަމުަގައިވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބޭންކުގެ ބޯޑުގައި ޖުމުލަ 11 މެމްބަރުން ތިއްބަވަން ޖެހޭއިރު މިހާރު އެބޯޑުގައި ތިއްބެވީ ޖުމުލަ 7 މެމްބަރުންނެވެ.

އާދީއްތަ ދުވަހު، ބީއެމްއެލްއިން އެބޭންކުގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމުމާއި، ގޯލްޑް އަދި ކްރެޑިޓްކާޑުތަކުގެ ލިމިޓް 100 ޑޮލަރަށް ދައްކުރުމަކީ، ބަޣާވާތެއް ގެންނަން އުޅުން ކަމުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

އަދި މިސަރުކާރުގެ އިސްވެރިންވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި ބޭންކުގެ ސީއީއޯވެސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.