ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
27 Aug 2024
ޚަބަރު
އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފި
ބީއެމްއެލްއިން މިއަދު އާއްމު ކުރި ކުރު ބަޔާނެއްގައި ވިދާޅުވީ، އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގައި ކަމަށެވެ. އޭގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު، އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކުރެއްވިކަން އަންގައި ޕީބީސީން އޭނާއަށް ސިޓީއެއްވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެނިންމުމަކީ ޤާނޫނީ ގޮތުން ޕީބީސީއަށް ނިންމެން އޮތް ނިންމުމެއް ނޫނެވެ.
25 Aug 2024
ޚަބަރު
ބީއެމްއެލްއިން އުޅުނީ ނިޒާމީ ބަޣާވާތެއް ގެންނަން ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ތުހުމަތުކޮށްފި
ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބި، އޮފިޝަލުން ވަނީ، ބޭންކުން ގެންނަން އުޅުނީ ނިޒާމީ ބަޣާވާތެއް ކަމުގައި ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަތީފާއި، ސަސްޕެންޝަންގައި ހުރި މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ އާއި ސަރުކާރަށް ތާއީދު ކުރާ އެހެން ސިޔާސީ އެކްޓިވިސްޓުންވެސް ހިމެނެއެވެ.
25 Aug 2024
ޚަބަރު
ހެނދުނު ބީއެމްއެމްއިން ނިންމި ނިންމުންތައް ދާދި ދެންމެއަކު އުވާލައިފި
އެބޭންކުން ދާދި ދެންމެއަކުން ބުނީ، ރާއްޖެިން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަަކަށް ގެނެވުނު ބަދަލުތައް، ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި އަނބުރާ ގެންގޮސްފި ކަމަށެވެ. އެހެންކަމުން ކުރި އެކޭ އެއްގޮތަށް ބީއެމްއެލްގެ ކާޑުތަކުން މިހާރު ޑޮލަރުން ކުރާ ވިޔަފާރީގެ މުއާމަލާތްތައް ކުރެއްވޭނެ ކަމަށް އެބޭންކުން ވަނީ ހާމަކޮށްފައެވެ.
07 Aug 2024
ޚަބަރު
ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުގެ ޚިދުމަތް އަލުންދޭން ފަށައިފި
ރެއިން ފެށިގެން ބީއެމްއެލްގެ ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. މިއަދު ފަތިހުން ފެށިގެން ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތް މެދު ކެނޑިގެން ދިޔައިރު، އޭޓީއެމްތަކުންނާއި ޕީއޯއެސް މެޝިން (ކާޑު މެޝިން) ތަކުގެ ޚިދުމަތްވެސް 10 ވަރަކަށް ގަޑިއިރަށް މެދު ކެނޑިގެން ދިޔައެވެ.
13 May 2024
ޚަބަރު
ޗައިނާގެ ވީޗެޓް ބޭނުންކޮށްގެން ބީއެމްއެލްގެ ކާޑު މެޝިންތަކުން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސައިފި
ޗައިނާގެ ވީޗެޓް ޕޭމަންޓަކީ، އެއްބިިލިއަން މީހުން ބޭނުން ކުރާ ޚިދުމަތެކެވެ. މިހާތަނަށް ވީޗެޓް ޕޭއިން ފައިސާގެ މުއާމަލާތްތައް ކުރެވެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް އެކަންޏެވެ.