Advertisement

ބޭންކް އޮފް މޯލްޑިވްސް --

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ހެނދުނު ބީއެމްއެލްއިން ނިންމި ނިންމުންތައް ދާދި ދެންމެއަކު އުވާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހެނދުނު ކުރި އިއުލާނު، ބީއެމްއެލްއިން އަނބުރާ ގެނެސްފިއެވެ.

އެބޭންކުން ދާދި ދެންމެއަކުން ބުނީ، ރާއްޖެިން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަަކަށް ގެނެވުނު ބަދަލުތައް، ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި އަނބުރާ ގެންގޮސްފި ކަމަށެވެ. އެހެންކަމުން ކުރި އެކޭ އެއްގޮތަށް ބީއެމްއެލްގެ ކާޑުތަކުން މިހާރު ޑޮލަރުން ކުރާ ވިޔަފާރީގެ މުއާމަލާތްތައް ކުރެއްވޭނެ ކަމަށް އެބޭންކުން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލްއިން ހެނދުނު ނެރުނު ބަޔާނުގައި ބުނީ، ކާޑުގެ ލިމިޓްތައް އުވާލައި، ޑޮލަރުން މުއާމަލާތު ނުކުރެވޭ ގޮތް ހެދީ ބޭންކަށް ކާޑުގެ މުއާމަލާތްތަކަށް ދައްކަންޖެހޭ އަދަދާއި އެއްވަރާއި ގާތަށްވެސް ޑޮލަރު ގަންނަން ނުލިބޭތީ ކަމަށެވެ.

މިގޮތުން ބޭންކަށް ގަންނަން ލިބެނީ 60$ މިލިޔަން ޑޮލަރު ކަމަށާއި ކާޑުން ކުރާ ވިޔަފާރީގެ މުއާަމަލާތްތަކަށް ދައްކަންޖެހޭ އަދަދު އޭގެ ދެގުނަ އިތުރު ކަމުގައި ބޭންކުގެ ސީއީއޯ، އަދި މެނޭޖިން ޑައިރެކްޓަރ ކާރލް ސުޓުމްކް ވިދާޅުވިއެވެ.

ހެނދުނު ބޭންކުން ނިންމި ނިންމުމާއިއެކު އާއްމުން ގެންދިޔައީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.