Advertisement

25 Sep 2024
ވިޔަފާރި
ޢަލީ ސުލައިމާން

ބީއެމްއެލް ގްރާންޓަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

"ބީއެމްއެލް ސްޓާޓް އަޕް ގްރާންޓް 2024" އަށް ހުށައެޅުމުގެ ފުރުޞަތު އެކުންފުނިން ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ، މިއީ އުފެދެމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ދޫކުރާ ހިލޭ އެހީ އެެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ގްރާންޓްގެ ގޮތުގައި ދެ ފަރާތަކަށް ޖުމުލަ 1 މިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ގްރާންޓަށް އެދި ހުށައެޅުމުގެ ފުރުޞަތު އަމިއްލަ ފަރުދުންނަށާއި، އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށްވެސް އޮންނާނެ ކަމުގައި، އެބޭންކުން ވަނީ ވިދާޅުވެފައެވެ.

މިގްރާންޓަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށެވެ. 

" ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިޤްތިޞާދެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ މި ގްރާންޓް ޕްރޮގްރާމުން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުންމީދުތަކަކީ އިގްތިޞާދަށް ފައިދާކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތިންވަނަ އަހަރެއްގައިވެސް ހިންގޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް."

އާއިޝަތު ނޫރައްދީން - ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓް

ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކާއި ގްރާންޓާ ބެހޭ އިތުރު މައުލޫމާތު ބީއެމްލްގެ ވެބްސައިޓުން ފެންނާނެ  ކަމުގައި އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.