Advertisement

އައިޝަތު ނޫރައްދީން --

27 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރުވެފައިވާ، އައިޝަތު ނޫރައްދީން، އެކުންފުނީގެ ބޯޑު މެމްބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލްއިން މިއަދު އާއްމު ކުރި ކުރު ބަޔާނެއްގައި ވިދާޅުވީ، އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގައި ކަމަށެވެ. އޭގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު، އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކުރެއްވިކަން އަންގައި ޕީބީސީން އޭނާއަށް ސިޓީއެއްވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެނިންމުމަކީ ޤާނޫނީ ގޮތުން ޕީބީސީއަށް ނިންމެން އޮތް ނިންމުމެއް ނޫނެވެ.

އައިޝަތު ނޫރައްދީން ބޯޑު އެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް ބީއެމްއެލްއިން ނެރުނު ބަޔާނުގައި ވަނީ، އޭނާއަށް ޝުކުރުވެސް އަދާކުރައްވާފައެވެ. އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ އަދާކުރައްވަމުން ގެންދަވާ ބީއެމްއެލްގެ ޑެޕިއުޓީ ސީސީއޯގެ މަޤާމުގައި އޭނާ ދެމި ހުންނަވާނެއެވެ.

އައިޝަތު ނޫރައްދީން، ބީއެމްއެލްގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ 1982 ވަނަ އަހަރުއެވެ. މިއީ އޭނާ ބޭނުންކުގެ ވަޒީފާގައި ހުންނަވާތާ 42 ވަނަ އަހަރެވެ. އައިޝަތު ނޫރައްދީން ބޭންކުގެ އިސް މަޤާމުތަކާއި ބޯޑުގައިވެސް މަސައްކަތް ކުރައްވާފައިވާއިރު، އެންމެ ފަހުން އޭނާ އެބޯޑަށް ޢައްޔަނުކުރައްވާފައި ވަނީ، 31 އޮގަސްޓް 2020ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.