Advertisement

ބޭންކުގެ ބައެއް ކާޑުތައް ---

25 Aug 2024
ޚަބަރު

ބީއެމްއެލްއިން އުޅުނީ ނިޒާމީ ބަޣާވާތެއް ގެންނަން ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ތުހުމަތުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް އަދި ކާޑުގެ ލިމިޓް 100 ޑޮލަރަށް ދަށްކުރުމަކީ، ނިޒާމީ ބަޣާވާތެއް ކަމުގައި ސަރުކާރުގެ ބައެއް ބައެއް އޮފިޝަލުން ތުހުމަތުކޮށްފިއެވެ.

ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބި، އޮފިޝަލުން ވަނީ، ބޭންކުން ގެންނަން އުޅުނީ ނިޒާމީ ބަޣާވާތެއް ކަމުގައި ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަތީފާއި، ސަސްޕެންޝަންގައި ހުރި މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ އާއި ސަރުކާރަށް ތާއީދު ކުރާ އެހެން ސިޔާސީ އެކްޓިވިސްޓުންވެސް ހިމެނެއެވެ.

އަބާންގެ ޓްވީޓް --

ޝިއުނާ ކުރި ޓުވީޓުގައި ބީއެމްއެލްއިން އެބަދަލު ގެނައީ، ސަރުކާރާއި އިދިކޮޅަށް އަދި ސަރުކާރުން އެކަން ނުކުރަން އަންގާފައި ވަނިކޮށް ކަމުގައި ވަނީ ބުނެފައެވެ. އަދި ބީއެމްއެލްގެ ތެރެއިން ބަޣާވާތެއް ގެންނަން މަސައްކަތް ކުރީ އެމްޑީޕީން ކަމުގައިވެސް ޝިއުނާ ތުހުމަތުކޮށްފައިވެއެވެ.

ޝިއުނާގެ ޓްވީޓް --

އަބާން އާއި ޝިއުނާވެސް ޓްވީޓްތައް މިހާރު ފޮހެލާފައި ވާއިރު، ސަރުކާރަށް ތާއީދު ކުރާ އެހެން ބައެއް އެކްޓިވިސްޓުން ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށް ބަޣާވާތެއް ގެންނަން އުޅުނުކަމަށް ތުހުމަތުކޮށް، ބޭންކުގެ ބޯޑު ބަދަލުކުރުމަށް ގޮވާލާފައެވެ.

އެމްއެމްއޭގެ ލަފަޔަށް ބޭންކުގެ ނިންމުން އަނބުރާ ގެންދިޔުމަށް ފަހު، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ބޭންކާއި އެކު ސަރުކާރުން ދިޔައީ ވާހަކަ ދައްކަމުން ކަމަށާއި އެހެން ނަމަވެސް ބޭންކުގެ ނިންމުން އައީ ސަރުކާރުން ބޭނުންވި ގޮތަށް ނޫންކަމަށެވެ. އަދި އެމްއެމްއޭ އާއި ބީއެމްއެލްއާ ކަމާއި ގުޅޭ ދާއިރާތަކުން މަޝްވަރާކުރެއްވުމަށްފަހުގައި ބޭންކުގެ ނިންމުން އަނބުރާ ގެންދެވީ، ދިވެހި ރައްޔިތުންނަށް އެކަމުގެ ސަބަބުން ކުރިމަތިވާނޭ ދަތިތަކަށް ރިޢާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބޭންކުގެ ބޯޑު މެމްބަރުން ގެންނަން މަސައްކަތް ކުރީ ނިޒާމީ ބަޣާވާތެއް ކަމަށް ބުނެ ސަރުކާރުގެ މަތީ ފަންތީގައި ތިބި ބައެއް ބޭފުޅުން ތުހުމަތުތައް ކުރެއްވި އިރު، އެކަމާއި ގުޅޭ ގޮތުން ބޭންކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
އިއްބެ
އަމިއްލައަށް ކަރުމަޅިއެޅުނީމައި ނުބައިކުރަންޖެހެނީ އެހެންބައެއްތަ
25 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.