Advertisement

އައިޝަތު ނޫރައްދީން ---

07 Nov 2024
ޚަބަރު

ބޭންކް އޮފް މޯލްޑިވްސް އުފެދުނީއްސުރެ އެބޭންކުގައި ވަޒީފާއަދާކުރެއްވި އައިޝަތު ނޫރައްދީން މަޤާމުން ވަކިވެވަޑައިގެންފި

ބޭންކް އޮފް މޯލްޑިވްސް އުފެދުނީއްސުރެ އެބޭންކުގައި ވަޒީފާއަދާކުރެއްވީ އައިޝަތު ނޫރައްދީން 42 އަހަރުގެ ޚިދުމަތަށް ފަހުގައި، މަޤާމުން ވަކިވެވަޑައިގެންފިއެވެ.

އޭނާ މަޤާމުން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ، ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުގައެވެ. ބޭންކު ހިންގެވުމުގައި އަމަލީ ގޮތުން އައިޝަތު ވަނީ ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ. ބޭންކުގެ ބޯޑުގައިވެސް އޭނާ މަސައްކަތް ކުރެއްވި އިރު އޮގަސްޓްމަހު އޭނާ ބޯޑުން އިސްތިއުފާ ދެއްވީ، ބޭންކުން ކާޑުތަކަށް ޑޮލަރު ލިމިޓް ކުރުމަށް އިއުލާނުކުރި އުސޫލާއި ގުޅިގެން، ބަޣާވާތެއްގެ ތުހުމަތުތައް ސަރުކާރުން ބޭންކަށް ތުހުމަތުކޮށްފައި އޮތް ދަނޑިވަޅެއްގައެވެ.

އައިޝަތު ނޫރައްދީނަށް ޢަލްވަދާއު ކިޔުމަށް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ވަނި ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. ބޭންކުން އައިޝަތު ނުކުމެވަޑައިގަތީ ރަތްދޫލަ މަތީގައެވެ. 

މީގެ އިތުރުން ބޭންކުން ވަނީ އައިޝަތު ނޫރައްދީންގެ ޚިދުމަތުގެ އަގުވަޒަންކޮށް، ބޭންކުގެ ކާމިޔާބީތަކުގައި އޭނާގެ ބައިވެރިވުމަށް ތަޢުރީފްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.