Advertisement

ބޭންކް އޮފް މޯލްޑިވްސް --

07 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުގެ ޚިދުމަތް އަލުންދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކާއި އޭޓީއެމްގެ ޚިދުމަތް މިހާރު ލިބޭނެ ކަމުގައި އެ ބޭންކުން ބުނެފިއެވެ.

ރެއިން ފެށިގެން ބީއެމްއެލްގެ ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. މިއަދު ފަތިހުން ފެށިގެން ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތް މެދު ކެނޑިގެން ދިޔައިރު، އޭޓީއެމްތަކުންނާއި ޕީއޯއެސް މެޝިން (ކާޑު މެޝިން) ތަކުގެ ޚިދުމަތްވެސް 10 ވަރަކަށް ގަޑިއިރަށް މެދު ކެނޑިގެން ދިޔައެވެ.

އަދިވެސް ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތްތައް އަލުން ފޯރުކޮށްދޭކަން ނުފެށެވެ. އެބޭންކުން ވިދާޅުވީ، ޚިދުމަތްތަކަށް ބުރޫ އަރާފައި ވަނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެންކަމަށެެވެ.

ގިނަ އިރުތަކަކަށް ބޭންކުގެ ޚިދުމަތް މެދު ކެނޑިގެން ދިޔައިރު، އެކަމުގެ ސަބަބުން އާާއްމުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. ބީއެމްއެލްއަކީ، ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކެވެ.

ކޮމެންޓް
ހަވާސް
ދޮގު އަދިވެސް ނުވޭ
07 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.