Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމަކް

09 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ހުށައަޅުއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމަކް މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށައަޅުއްވައިފިއެވެ.

ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނުގައި ބުނެފައި ވަނީ، ސްޓްމަކް މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށައަޅުއްވާފައި ވަނީ އިއްޔެ ކަމަށެވެ. އަދި ކާލް ބޭންކުގެ ސީއީއޯގެ މަޤާމުގެ ހުންނަވާނީ، މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ، އެކުންފުނީގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންއާ ހަމައަށް ކަމުގައިވެސް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ޑިރެކްޓަރުންގެ ބޯޑުން ބޭންކުގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވަންދެން، ކާލް އިސްތިއުފާ ދެއްވުމަށް ފަހުގައި ހިނގާ މުއްދަތުގެ ތެރޭގައި ބޭންކު ހިންގަވާނީ ޑެޕިއުޓީ ސީއީއޯއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމަކް މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާގެ މާލީ ބަޣާވާތެއްގެ ތުހުމަތުކޮށް އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.