Advertisement

ސެވެން ސްޓަރސް ފާމަސޫޓިކަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޭސް އުފައްދާ ކާރުޚާނާ --

12 Jun 2024
ވިޔަފާރި
ޢަލީ ސުލައިމާން

ނުރައްކާތެރި މާއްދާއެއް އެކުލެވޭތީ ތައިލެންޑްގެ ބޭސްތަކެއް މަނާކޮށްފި

ނުރައްކާތެރި މާއްދާތަކެއް އެކުލެވިފައިވާތީ، ތައިލެންޑްގެ ކުންފުންޏަކުން އުފައްދާ 15 ބޭހެއް ބޭނުން ކުރުމާއި، ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވަނީ، ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ، ސެވެން ސްޓަރސް ފާމަސޫޓިކަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ 15 ބޭހެކެވެ. އެބޭސްތައް ބޭނުން ކުރުމާއި، ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވަނީ، އެބޭސްތަކުގައި، ބޭނުންކޮށްފައިވާ، ސަބިޓޮލް (އެކްސީޕިއެންޓެއް)ގައި  ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ، ތައިލޭންޑްގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެބޭސްތައް ބޭނުންކުރުން މަނާކޮށް އަދި ވިއްކުން މަނާކޮށް އެޅިފިޔަވަޅުތަކާއި ގުޅިގެންނެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، އެބޭސްތަކުގައި ދިމާވި މައްސަލަތައް ތައިލޭންޑްގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި ތައިލޭންޑްގެ އެބޭސްތަކަކީ، ކުރިންވެސް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ބޭސްތަކެއް ކަމުގައި ނުވިނަމަވެސް، ތައިލެންޑަކީ، ދިވެހިން ވަރަށް ގިނައި ގޮސް އުޅޭ ޤައުމަކަށް ވުމާއި އެކު އާއްމުން އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ. މީގެ އިތުރުން އެމްއެފްޑީއޭއިން ވިދާޅުވީ، ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ޚާއްޞަ ސަމާލުކަމެއްދީގެންޕޯޓުތަކުގައި ބަލައި ފާސްކުރާނެ ކަމަށެވެ.

އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓް ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.