Advertisement

ކުދި ފެންފުޅި --

01 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ޕްލާސްޓިކް ކުދި ފެންފުޅި އުފެއްދުމާއި ވިއްކުން މަނާކުރުން ދެވަނަ ފަހަރަށް ފަސްކޮށްފި

ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ގޮތުން އެކުލަވާލި ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، 500 އެމްއެލް ކުދި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް ވިއްކުން މަނާކުރުން ދެވަނަ ފަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ.

މީގެ ކުރިން ނިމިދިޔަ ސަރުކާރުގައިވެސް ވަނީ، 500 އެމްއެލް ޕްލާސްޓިކް ކުދި ފުޅި މަނާކުރާ ތާރީޚު ފަސްކޮށްފައެވެ. ސިންގަލް ޔޫސް ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް، 14 ބާވަތެއްގެ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި މަނާކުރުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ 500 އެމްއެލްގެ ޕްލާސްޓިކް ކުދި ފެންފުޅިވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހު ނެރުއްވުި ޤަރާރުގައިވާ ގޮތުން، 500 އެމްއެލްގެ ޕްލާސްޓިކް ކުދި ފެންފުޅިއާއި އަދި 1 ލީޓަރުގެ ކުދި ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި، އުފެއްދުން މަނާކުރުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ، 1 ޑިސެމްބަރު 2025 އެވެ. އަދި އެބާވަތްތައް ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކުން މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީޚަކީ، 1 މާރިޗު 2026 އެވެ.

ތިމާވެއްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ތަކެތީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބޭނުންކުރުން މަނާކޮށްފައިވާ ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން ޕްލާސްޓިކް ފެންފުޅި ފިޔަވައި އެހެން ހުރިހާ ބާވަތެއް ވަނީ މަނާކޮށްފައެވެ.

ފެނާއި އެހެނިހެން ތައްޔާރީ ބުއިންތައް ބަންދުކޮށްފައި ހުންނަ، 500 މިލި ލީޓަރަަށްވުރެ ކުދި ޕްލާސްޓިކް ފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން 2023 ވަނަ އަހަރުން ފެށިގެން ވަނީ މުޅިން މަނާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.