ވިޔަފާރި
18 Jan 2024
ޚަބަރު
ފަހި ފަތުރުވެރިކަމަށް އަންހެނުންގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ޚާއްޞަ ޕްރޮގްރާމެއް ފަށައިފި
ޓޫރިޒަމް މިނިސްޓްރީން ބުނީ، އެކަމަކީ ހަފްތާ 14ގެ ތެރެއިން އެމިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. މިގޮތުން މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސަޢީދެވެ.
17 Jan 2024
ޚަބަރު
ތާޒާ ފެން ފަސޭހައިން އޯޑަރުކޮށްލެވޭގޮތައް ހާއްސަ އެޕްލިކޭޝަނެއް ލޯންޗްކޮށްފި
ތާޒާ ފެނަށް އޯޑަރު ދިނުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނަކާއި ވެބްސައިޓެއް ތައާރަފު ކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި "ތާޒާ" އެޕްލިކޭޝަނާއި އޮފިޝަލް ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޗެއާމަން އަބުދުލް މަތީން މުހައްމަދު އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމެވެ.
16 Jan 2024
ޚަބަރު
ވަރޓިކަލް ފާމިން ތަޖުރިބާ ކުރުމުގެ ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
އެ މިނިސްޓްރީން ވިދާޅުވީ، ތަޖުރިބާކުރުމުގެ ގޮތުން ފަށާ މި ޕްރޮޖެކްޓަކީ، ރާއްޖެފަދަ ބިންކޮޅު ކުޑަ ޤައުމެއްގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް، މިފަދަ ޤައުމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތަޢާރަފްކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އަޙައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.
15 Jan 2024
ޚަބަރު
ތިންލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއިއެކު އެސްޓީއޯ ރަމަޒާން ބާޒާރު މިރޭ ފަށައިފި
އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށެވެ. މިގޮތުން މިޕްރޮމޯޝަނުގެ ތެރެއިން އަގުހުރި ގިނަ އިނާމްތަކެއް ލިބިގެން ދާނެ ކަމަށާއި އޭގެ އިތުރުން %25 އާއި ހަމައަށް ޑިސްކައުންޓުން ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި ހުކުރު ހޮނިހިރު ދުވަހުވެސް ޚާއްސަ ޕްރޮމޯޝަން އަގުތަކެއްގައި މިޕްރޮމޯޝަންގެ ތެރެއިން މުދާ ގަންނަން ލިބޭނެ ކަމުގައިވެސް އެސްޓީއޯއިން ބުންޏެވެ.
15 Jan 2024
ޚަބަރު
އާޓާމިނަލާއި އެކު އަހަރަކު 120000ޓަނުގެ ކާގޯ ހޭންޑްލް ކުރެވޭނެ: ޝަރީފް
ޝަރީފް ވިދާޅުވީ، 2018 ވަނަ އަހަރު އައު ކާގޯ ޓާރމިނަލްގެ ބިންގާ އެޅި މަސައްކަތް ފަށައި 2022 ވަނަ އަހަރު އިމާރާތް ނިމުނު ނަމަވެސް އެތަން ހުރީ ބޭނުން ނުކުރެވި ކަމަށެވެ. އަދި މިޖެނުއަރީ މަހުގައި އައު ޓާމިނަލްއާ ހަވާލުވުމަށް ފަހުގައިވެސް ބޭނުން ނުކުރެވި ދުވަސްތަކެއް ދިޔަ ކަމަށެވެ. އެގޮތުން އެފަދަ ބޮޑު ފެސިލިޓީއެއް ބޭނުން ނުކުރެވި ހޭދަވާ ކޮންމެ ދުވަހަކީވެސް އިސްރާފްވާ ފައިސާ ކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެެވެ.
15 Jan 2024
ޚަބަރު
އެސްއެމްއީ ހަބުން ގިނަ ވިޔަފާރިތަކަށް ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި
އެސްއެމްއީ ހަބްގައި ކާބޯތަކެތި ވިއްކާ ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކުރުމުގެ އިތުރުން، ދުވަހު ކުއްޔަށާއި މަހު ކުއްޔަށް ކިއޮސްކްތައް ދޫކުރުމަށްވެސް ނިންމާފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވަނީ ބުނެފައެވެ.
14 Jan 2024
ޚަބަރު
ބިލްޑް އެކްސްޕޯގައި އެސްޓީއޯގެ ސްޓޯލަށް ތަރުހީބު ބޮޑު
މިމަހުގެ 11 އިން 14އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ އެސްޓީއޯގެ ސްޓޯލަށް ގިނައަދަދެއްގެ ބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީޑްރޯއެއް ނަގައި، 5000 ރުފިޔާއާ ހަމައަށް މުދާ ލިބޭ ވައުޗަރު ވަނީ ދީފައެވެ.
14 Jan 2024
ޚަބަރު
ޓޫރިޒަމް ފަރާތްތަކަށްދޭ ޓްރެވެލޫޝަން އެވޯޑް މި އަހަރު ދެނީ
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ހިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކޮށް ދޭ ޓްރެވެލޫޝަން އެވޯޑް މި އަހަރު ބޭއްވުމަށް ނިންމައިފިއެވެ. މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގައެވެ.
11 Jan 2024
ވިޔަފާރި
މިދިޔަ އަހަރު މީރާއަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ %6.5 އިތުރު
2023 ވަނަ އަހަރު މީރާއިން 24.74 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %6.5 އިތުރު އަދަދެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.
10 Jan 2024
ޚަބަރު
މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %12 އިތުރު
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
09 Jan 2024
ޚަބަރު
މޯލްޑިވިއަންއަށް އިތުރު ބޯޓެއް ކުއްޔަށް ހޯދަން އިޢުލާނުކޮށްފި
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑުން މިއަދުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ބޯއިން 8-787 ގެ ބޯޓެއް ހަ އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ. އަދި ބޯޓު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:30 އާއި ހަމައަށް އޮންނާނެކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
07 Jan 2024
އެމްއޭސީއެލް
ވީއައިއޭގައި މިހާތަނަށް އެންމެ ގިނަ ސީޕްލޭން މޫމަންޓްސް ރެކޯޑް ކުރެވުނީ މިދިޔަ އަންގާރަ ދުވަހު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ސީޕްލޭން މޫމަންޓްސްއާއިއެކު އައު ރިކޯޑެއް ހަދައިފިއެވެ. މި ރެކޯޑް ހަދާފައިވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
07 Jan 2024
ޚަބަރު
ށ.ގޮއިދޫގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކުރާނެ ފެސިލިޓީއެއް އަޅާނެ ބަޔަކު ހޯދަނީ
ށ. ގޮއިދޫގައި ދަނޑުވެރިކަމުގެ ޕްރޮސެސިން ފެސިލިޓީއެއް އަޅަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި އިއުލާނުގައި ވަނީ ކައުންސިލުގެ އަމިއްލަ ތަކެތީގައި ކުރެހުމާ އެއްގޮތަށް ދަނޑުވެރިކަމުގެ ޕްރޮސެެސިން ފެސިލިޓީއެއް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.
31 Dec 2023
ޚަބަރު
މޯލްޑިވިއަންއަށް ބޮޑު މަތިންދާބޯޓެއް ހޯދަން ޢިއުލާނުކޮށްފި
މިގޮތުން، އައިލެންޑް އޭވިއޭޝަަނުން ބުނެފައި ވަނީ ބޯޓު ކުއްޔަށް ނަގަން ބެނުން ވަނީ ޑްރައި ލީސް އުސޫލުގެ ދަށުން ކަމަށެވެ. އެހެންވެ ބޯޓަށް ތެޔޮއެޅުމާއި މަރާމާތު ކުރުމާއި، ހިންގުމުގެ ހުރިހާ ޚަރަދެއްކުރާނީ އައިލެންޑް އޭވިއޭޝަނުންނެވެ.
29 Dec 2023
ވިޔަފާރި
ވީއައިއޭގައި ޖެޓް ޕާކުކުރެވޭ ޖާގަ އިތުރުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޖެޓްތައް ޕާކުކުރުމަށް ޖާގަ އިތުރުކޮށްފިއެވެ. ކޮންމެ އަހަރެއްގެ ފިނި މޫސުމާއި އަދި އައު އަހަރާއި ދިމާކޮށް ވީއައިއޭއަށް ގިނަ އަދަދެއްގެ ޖެޓްތައް އާދެއެވެ. އެމްއޭސީއެލްއިން ބުނީ ޖެޓްތައް ޕާކުކުރެވޭ ޖާގަ އިތުރުކޮށް މި އަހަރުގެ ފިނި މޫސުމުގެ ޗުއްޓީއަށް ވީއައިއޭ ތައްޔާރުވެފައިވާކަމަށެވެ.
28 Dec 2023
ޚަބަރު
2024 ވަނަ އަހަރުގެ އެލައިޑް ކަލަންޑަރު ތަފާތު
2024 ވަނަ އަހަރުގެ އެލައިޑް އިންޝުއަރެންސްގެ ކަލަންޑަރު ނެރެފިއެވެ. އެލައިޑުން ބުނީ އަންނަ އަހަރަށް އެ ކުންފުނިން ނެރެފައިވާ ކަލަންޑަރު ފަރުމާކޮށްފައިވާނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލާ އަދަދު މަދުކުރުމަށްކަމަށެވެ.