Advertisement

25 May 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސީޕްލޭން ޓާމިނަލް ހުޅުމާލޭގެ އުތުރުން އޮންނަ ފުލްމޫން ރިޒޯޓަށް ބަދަލުކުރަން ނިންމައިފި

އައު ސީޕްލޭން ޓާމިނަލް ހުޅުވިތާ ދެ އަހަރު ފަހުން، އެތަން ޝެރަޓަން ފުލް މޫން ރިޒޯޓަށް ބަދަލުކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު، މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީޕްލޭން އޮޕަރޭޝަން އާއި ސީޕްލޭން ޓާމިނަލް ފުލްމޫން ރިސޯޓަށް ބަދަލު ކުރުމަކީ އެ ކަމަށް އެންމެ ފީޒަބަލް ވާނެ ގޮތް ކަމަށް، މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި މި ބަދަލާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ޖާގަ އިތުރުކުރެވި، މުޅި ސީޕްލޭން އޮޕަރޭޝަނާއި، އިންޓަނޭޝަނަލް ފްލައިޓްތަކުގެ އޮޕަރޭޝަން ހަލުއި ކުރެވިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޖެޓް ޓާމިނަލެއްގެ ވިޔަފާރި ރާއްޖޭގައި އުފަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެއް ކަމަށާއި، މި ބަދަލާ ގުޅިފައިވާ އަނެއް ފައިދާއަކަށްވެގެން ދާނީ، ޖެޓް ޓާމިނަލެއްގެ ވިޔަފާރި ރާއްޖޭގައި ފެށިގެން ދިއުމެވެ.

"ރަސްމީ ޖެޓް ޓާމިނަލެއް ނެތް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި، ޖެޓް ޓާމިނަލެއް އަލަށް އެ ވިޔަފާރި ރަސްމީކޮށް އުފަންކޮށްގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ. އެއާ އެކު އެއާޕޯޓު ކެޕޭސިޓީ ވެސް ބޯޑު ކުރަން ޖެހޭ،"

ޖެޓް ޓާމިނަލްގެ ވިޔަފާރިއަށް އިޝާރާތްކުރައްވައި މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ރާއްޖޭގައި އޮތްހިނދު، މިފަދަ ބޮޑު އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އާއި ކައިރީގައި ހިނގަމުން ދިއުމުގެ ސަބަބުން ދިމާވާ ގިނަ ގޮންޖެހުންތަކެއް ހުންނަ ކަމަށާއި، އަދި ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރުން މުހިންމުކަމަށް ވެގެންދަނީ އެ އެއާޕޯޓުގެ ރަންވޭ ބޭނުންކުރުމުގައި ލުއިތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް މިނިސްޓަރ ސައީދު ވިދާޅުވެފައިވެއެވެ.

"ނޫވިލު" ނަމަކަށް ކިޔާ އައު ސީޕްލޭން ޓާމިނަލް ހުޅުވާފައިވަނީ 2022 ވަނަ އަހަރުއެވެ. އެ މަޝްރޫއަކީ 55 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.