Advertisement

އެއްބަސްވުންތަކުގައި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޕީއެލް

29 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޕީއެލްގެ ކާގޯ ޚިދުމަތް ދިނުމަށް ޓާކިޝް އެއާލައިނާއިއެކު ސޮއެކޮށްފި

އެމްޕީއެލްގެ "ސީ ޓު އެއާ" ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތް ފެށުމުގެ ގޮތުން، ޓާކިޝް އެއާލައިނާއިއެކު އެމްޕީއެލްއިން އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މިއެބަސްވުމުގައި ޓަރކިޝް އެއާލައިންގެ ފަރާތުން ސޮއެކުރެއްވީ، އެ އެއާލައިނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއެކުރައްވާފައި ވަނީ އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީޙްއެވެ.

ޓާކިޝް އެއާލައިނާއެކު މި ސޮއެކުރެވުނު އެއްބަސްވުމަކީ، އެއާ ކާގޯގެ ޚިދުމަތް ދިނުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށާއި، މީގެ އިތުރުން، ކެރިއާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް ޝިޕިން ކުންފުންޏާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއެކޮށްފައި ކަމުގައި އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ. ސްޓޭޓް ޝިޕިން ކުންފުންޏާއިއެކު ވެވުނު އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއެކުރައްވާފައި ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

އެމްޕީއެލްގެ "ސީ ޓު އެއާ" ކާގޯގެ ޚިދުމަތާއި ގުޅޭ ގޮތުން ސީއީއޯ މުހައްމަދު ވަޖީޙު ވިދާޅުވީ، މިއީ، އެމްޕީއެލްގެ އާމްދަނީ އިތުރުވެ، ހިދުމަތް ފުޅާވުމާއިއެކު ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް ކުރިއެރުން ލިބިގެންދާނެ ޚިދުމަތެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.