Advertisement

މޯލްޑިވިއަންގެ ފްލައިޓަށް ބަންޑާރަ ނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ކިޔުން -- ފޮޓޯ: މޯލްޑިވިއަން-

27 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަންއިން އަލުން ކޮލަމްބޯއަށް ސީދާ ދަތުރުތައް ފަށައިފި

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ސްރީލަންކާގެ ކޮލަމްބޯއަށް ފަށައިފިއެވެ.

މޯލްޑިވިއަންގެ މިދަތުރުތައް ފަށާފައި ވަނީ ރޭގައެވެ.

މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި، ކޮލަމްބޯ މާލެ ދަތުރުތައް އޮންނާނީ، ހަފްތާއަކު ދެ ދުވަހުގައެވެ. އެއީ ހަފްތާ ބަންދާއި ދިމާވާގޮތަށް ބާއްވާ ދަތުރުތަކެކެވެ. މިގޮތުން މޯލްޑިވިއަންގެ ދަތުރުތައް އޮންނާނީ، ހަފްތާގެ ބުރާސްފަތި އަދި ހޮނިހިރުގައެވެ.

މޯލްޑިވިއަންއިން ބުނީ، މޯލްޑިވިއަންގައި ކޮލަމްބޯއަށް ދަތުރުކުރާ ފަރާތްތަކަށް 165 ޑޮލަރާއި ހަމައަށް އަގު ހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށެވެ. މީގެ އިތުރުން މީލް ޕެކް އަކާއި، 30 ކިލޯގެ ހިލޭ ލިބޭނެއެވެ.

މޯލްޑިވިއަންއިން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނީ، އެކުންފުނީގެ އެއާބަސް އޭ320 މަރުކާގެ ބޮޑު ބޯޓެވެ.

މޯލްޑިވިއަންގެ ދަތުރުތައް ކޮލަމްބޯއަށް އަލުން ފެށުން ފާހަގަ ކުރުމަށް ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްޞަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.