Advertisement

10 Apr 2024
ވިޔަފާރި
މިފްތާޙް މުޙައްމަދު

އެއް ބޫޓުން ފެށި ވިޔަފާރި ފިހާރައަކަށް

މީގެ 8 އަހަރު ކުރިން މެލޭޝިއާގައި ކިޔަވަން އުޅުނުއިރު ލިބޭ ޕޮކެޓް މަނީއިން ފުޓްސަލް ޓްރެއިނިން އެއް ބޫޓު ގަނެގެން ފެށި ވިޔަފާރި މިއަދު ފިހާރައަކަށް ބަދަލުކޮށްފިއޭ ބުނުމުން ވަރަށް ގިނަ ސުވާލުތައް ކިޔުންތެރިންގެ ހިތަށް އަރާނެކަން ޔަގީނެވެ. ހުދު އަޅުގަނޑު ވެސް އެހެން ހިތަށް އެރިއެވެ

އައްޑޫއަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މި "ސަކްސަސް ސްޓޯރީ" އަޑު އަހާފައި އަޅުގަނޑަށް ޔަގީންވި އެއް ކަމަކީ، ކަމެއް ހާސިލްކުރުމަށް އެދޭނަމަ، ކެތްތެރިކަމާއެކު އެ މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ، ކާމިޔާބާ ކައިރިޔަށް ދަތުރު ކުރެވޭ ދުވަހެއް ކަމެވެ. މި ޒުވާނުން ސާބިތުކޮށްދިނީ އެކަމެވެ

މިއީ ކުޅިވަރު ކުޅުންތެރިންނާއި ކަސްރަތަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ވާހަކައެކެވެ. އޭގެ ތެރެއިން މިވާހަކަ އެންމެ ހާއްސަވާނެ ބަޔަކީ ފުޓުސަލް ކުޅުންތެރިންނެވެ. ދައްކަން މި އުޅެނީ ކުޅިވަރު ކުޅޭ ސާމާނަށް ހާއްސަ މާރކީގެ ވާހަކައެވެ.

އެއީ 2015 ވަނަ އަހަރެވެ. މި ވިޔަފާރީގެ އެއް ހިއްސާދާރު އޭރު ހުރީ މެލޭޝިއާގައި މަތީ ތައުލީމު ހާސިލު ކުރުމަށެވެ. އަނެއް ހިއްސާދާރު އޭރު މާލެ އައީ މެލޭޝިއާއިން ކިޔަވާ ނިންމުމަށްފަހުއެވެ. މާލެއަށް އައި ހިއްސާދާރަކީ ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އަދި ދަނޑުމަތީގައި ތަރިއެކެވެ. ކިޔަވާ ނިމިގެން މާލެ އައިސް އޭނައަށް އެންމެ އުނދަގޫވި އެއްކަމަކީ، މަޝްހޫރު ބްރޭންޑުތަކުން ނެރޭ ބޫޓުތައް "ހޫނުކޮށް" ހުއްޓާ ފަޔަށް ކޮށްޕާލަން ނުލިބުމެވެ

އާންމުކޮށް މުބާރާތް ކުޅޭ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ދެން އޭނާ ހިތަށްއެރީ، އޭނާ ފަދައިން އައު ބޫޓެއް ނިކުތުމުން އެ ބޫޓުގައި އަވަހަށް ކުޅެލަން ބޭނުންވާ އެތައް ކުޅުންތެރިންނެއް ރާއްޖޭގައި އެ ފުރުސަތު ނުލިބި ތިބޭނެކަމެވެ. މިއީ އައު މޯބައިލް ފޯނެއް މާކެޓަށް ނެރުމުން، ގިނަ ބަޔަކު ކިޔު ހަދައިގެން އެ ފޯނު އަވަހަށް ގަނެލަން ބޭނުންވާ ފަދައިން، ފުޓުބޯޅަ ކުޅޭ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ގިނަ ކުޅުންތެރިން ބޭނުންވާ، އަދި ދެކޭ ހުވަފެނެކެވެ. އެހެންކަމުން، މިކަމުގެ އަޖުމަ ބަލާލުމަށް މަސައްކަތް ފެށިއެވެ.

ފުރަތަމަ ބޫޓު ގަނެ އެ ބޫޓު ރާއްޖެއަށް ޝިޕްކުރުމަށްފަހު، ބޫޓު ވިއްކާކަމަށް ރައްޓެހިންނާއެކު ހަދާފައިވާ ވައިބާ ގްރޫޕެއްގައި ޖެހިއެވެ. މާ ގިނައިރުތަކެއް ނުވެ، އަދި ބޫޓު މާލެ ވެސް ނާންނަނިސް ވިކިއްޖެއެވެ. މި ހިސާބުން ލިބުނީ އުއްމީދެކެވެ. އައު ބޫޓެއް ނިކުތުމާއެކީ، ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިންނާއެކު އެ ބޫޓުތަކުގައި ކުޅެން ބޭނުންވާ ދިވެހި ކުޅުންތެރިން ތިބިކަން އެނގިއްޖެއެވެ. ދެވަނަ ފަހަރު ގެނައީ ތިން ބޫޓެވެ. މި ބޫޓުތައް ވެސް މާލެ ނާންނަނިސް ވިކިއްޖެއެވެ. މި ހިސާބުން މިކަމަށް ޑިމާންޑު އޮތް މިންވަރު އެނގިއްޖެއެވެ. އަދި މަޑުމަޑުން ވިޔަފާރި ފުޅާ ކުރުމަށް ވިސްނިއެވެ. މި މަގުސަދުގައި ތިން ފަނަ ފަރާތެއްވެސް މި ވިޔަފާރީގެ ތެރެއަށް ވަނެވެ

އެއަށްފަހު މި ވިޔަފާރިން ލިބެމުން ދިޔަ އާމްދަނީން މަޑުމަޑުން ބޫޓު ގެންނަވަރު އިތުރުކުރަން ފެށިއެވެ. ވިޔަފާރި އިޝްތިހާރު ކުރުމަށް އިންސްޓަގްރާމާއި އެހެނިހެން ސޯޝަލް ޕްލެޓްފޯމްތަކުގައި ޕޭޖުތައް ހެދިއެވެ. ކަސްޓަމަރުން ބޭނުންވާ ވަގުތުގައި ގޭގެ އަށާއި، ބޯޓުތަކަށާއި، ފެރީތަކަށް އަދި ފުޓުބޯޅަ ދަނޑުތަކަށް ބޫޓުތައް ގަޑިއަށް ޑެލިވަރ ކުރުމަށް ވަރަށް ސަމާލުކަން ދޭންފެށިއެވެ. މީގެ އިތުރުން، މި ވެރިން އެންމެ ފާރަވެރިވަނީ އައު ބޫޓުތައް ރިލީޒްކުރާ ދުވަސްތަކަށެވެ. އެއީ ބޫޓުތަކަށް ވަގުތުން އޯޑަރު ޖެހުމަށެވެ

އެންމެ ފަހުން އައު ބޫޓުތައް ނިކުންނަ ދުވަސްތަކަށް ފާރަވެރިވާން ފެށީ މާރކީގެ ކަސްޓަމަރުންނެވެ. ސަބަބަކީ ބޫޓެއް ނިކުތުމާއެކީ މާލެއަށް އެ ބޫޓު އެންމެ ފުރަތަމަ ގެންނާނީ މާރކީއިންކަން ކަސްޓަމަރުންނަށް ޔަގީންވާތީއެވެ. ކަން ހިނގަމުން އައީ މިހެނެވެ. ކަސްޓަމަރުން މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހެއެވެ

ބޫޓުގެ ސްޓޮކް ބަހައްތަމުން ދިޔައީ ކޮޓަރީގައިކަމަށް ވުމުން، ވިޔަފާރި ފުޅާވަމުން ދިޔަ ވަރަކަށް ކޮޓަރި ތެރޭގައި ބޫޓު ފޮށިގަނޑުތައް ގިނަވާން ފެށިއެވެ. އެވަރުން ނުވެގެން ބޫޓު ފޮށިތައް ދިރިއުޅެމުން ދިޔަ އެޕާޓުމެންޓުގެ ސިޓިން ރޫމުގެ ފަޅު ފިލުވާލަދޭން ވެސް ޖެހުނެވެ. އެޕާޓުމެންޓުން ބޫޓުތައް ނެރެ، މިކަމަށް ހާއްސަ ވަކި ތަނަކަށް ބޫޓުތައް ގެންދަންޖެހޭ މިންރަށް ކަސްޓަމަރުންގެ އިތުބާރު ލިބިއްޖެކަން މި ހިސާބުން ވިސްނެން ފެށުނެވެ. އޭރު ވިޔަފާރިއަށް 6 އަހަރު ވެއްޖެއެވެ. ގޭތެރެއިން ބޫޓުތައް ނެރުމަށްފަހު ދެން މާރކީއަށް އައީ ބަހާރު މޫސުމެވެ. މިކަމުގެ ސިއްރަކީ ދެގޮތެއް ނުވެ، ކަސްޓަމަރުންގެ ޑިމާންޑަށް ސަޕްލައި ކުރުމުގައި ދެމިތިބުމެވެ

އެންމެ ފަހުން މިދިޔަ 2023 ވަނަ އަހަރު، މި ތިން ޒުވާނުން ބޭނުންވީ މާރކީގެ ފިހާރައެއް ހުޅުވުމަށެވެ. ބޭނުކަމަށްވީ ކަސްޓަމަރުންނާއި ކުރިއަށްވުރެން ވެސް ކައިރިން ހިދުމަތް ދިނުމެވެ. އެގޮތުން އެއް ބޫޓުން ފެށި މި ވިޔަފާރި ފިހާރައަކަށް ބަދަލުކުރެވުނީ އޭގެ 8 އަހަރު ފަހުން މިދިޔަ ޖެނުއަރީ މަހުއެވެ

މާރކީގެ އެއް ޕާޓުނަރު ހިއްސާކުރިގޮތުގައި، ހަމައެކަނި ފުޓްސަލް ބޫޓުން ފެށި ނަމަވެސް، މާރކީގެ މިހާރުގެ އަމާޒަކީ ގިނަ ކުޅިވަރުތަކެއް ކުޅޭ އެތުލީޓުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމެވެ. އެގޮތުން ބެޑްމިންޓަން، ވޮލީ، ހޭންޑު ބޯލް، އެތުލެޓިކްސް އަދި ދުވުންތެރިންނަށް ހާއްސަ ބޫޓާއި ބައެއް އެކްސަސަރީސް މިހާރު މާރކީއިން ލިބެން ހުރެއެވެ. ކުރިޔަށް އޮތްތާނގައި މި އައިޓަމްތައް ގިނަވާނެކަމަށް ވިޔަފާރީގެ ފަރާތުން ހިއްސާ ކުރިއެވެ

މިހާރު މާރކީގެ އެމްބެސެޑަރުން ވެސް ތިބެއެވެ. ރާއްޖޭގެ ފުޓްސަލް ކިންގުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އަލީ ހާފިޒް (ހާއްޕެ) އާއި ރާއްޖޭގެ އެއްވަނަ އަދި އެންމެ ހަލުވި ދުވުންތެރިޔާ ހަސަން ސާއިދު އާއި ޕާސަނަލް ޓްރެއިނަރ މީމީ، މިހާރު މާކުއީ ޕްރޮމޯޓު ކުރަމުން ދިއުމުގެ މާނައަކީ، މާރކީއަކީ ރާއްޖޭގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ އެތުލީޓުން ވެސް އިތުބާރުކުރާ، އެމީހުންގެ ކާމިޔާބީގެ ބައިވެރިޔާކަމެވެ

އެހެންކަމުން، އެންމެ ފަހުގެ ބޫޓާއި، ކުލިވަރުގެ އެހެން އެކްސެސަރީޒް ހޯދުމަށް ރަށްދެބައިމަގުގަ ހުންނަ މާރކީގެ ފިހާރަޔަށް އަވަހަށް ޖައްސާލާށެވެ

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.