Advertisement

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

18 May 2024
ޚަބަރު
ޢަލީ ސުލައިމާން

ދިރާގުން ދޭ ޓެސްލާ ކާރު ލިބޭ ފަރާތެއް އެނގެން ބާކީ އެއް މަސް!

ދިރާގުން އެކުންފުނީގެ ކަސްޓަމަރަކަށް މިހާތަނަށް ދޭން ކަނޑައެޅި އެންމެ އަގުބޮޑު ހަދިޔާކަމުގައިވާ ޓެސްލާ ކާރު ލިބޭ ފަރާތް ކަނޑައެޅުމަށް ބާއްވާ ގުރުއަތުނަގަން ބާކީ އެއްމަހަށް ވެއްޖެއެވެ.

ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ޓެސްލާ ކާރު ލިބޭ ފަރާތް ހޮވުމަށް ގުރުއަތު ނެގުން އޮންނާނީ، އަޟުހާ އީދާއި ގުޅުވައިގެން ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ.

"ވިން އަ ޓެސްލާ" ޕްރޮމޯޝަން ދިރާގުން ފަށާފައި ވަނީ، އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެންނެވެ. މި ޕްރޮމޯޝަންގައި ބައިވެރިކޮށްފައި ވަނީ، ޖެނުއަރީ 31، ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30 އެމްބީއިން މަތީގެ ޕްލޭންތައް ނަގާފައިވާ ފަރާތްތަކަށެވެ. އަދި އެފަރާތްތަކަކީ، ޖޫން 17 އާއި ހަމައަށް އެޕްލޭންތައް ބޭނުންކުރަމުން އަންނަ ފަރާތްތަކެއް ކަމުގައި ވާންޖެހެއެވެ.

"ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ދިނުމަށް ހަމަޖައްސާފައިވާ ޓެސްލާ ކާރު ދައްކާލުމަށް ދިރާގުން ވަނީ، ޚާއްޞަ ހަރަކާތެއްވެސް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.