Advertisement

އައްޑޫގައި އަންނައުނު ފެކްޓްރީއެއް އެޅުމަށް ބިންދޫކުރުމުގެ އެއްބަސްވުމުގައި ސޮއެކުރުން -- ފޮޓޯ: ބީ.ސީ.ސީ

09 Jun 2024
ޚަބަރު

އައްޑޫގައި އަލުން އަންނައުނު އުފައްދާ ފެކްޓްރީ ހިންގަން ބިންދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ވިދާޅުވީ، މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޝުޢާއު ކަމަށެވެ. އަދި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ސާމިޙް އާދަމް އެވެ.

ބީސީސީން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތަށް، ރާއްޖޭގައި ސިނާޢީ ފެންވަރެއްގައި ފެހުމުގެ މަސައްކަތް ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފަހި ކަމެއް ގެނެސްދޭނެ އެއްބަސްވުމެކެވެ. އެ ގޮތުން، މި މަޝްރޫޢާއެކު، ބީސީސީގެ އަމާޒަކީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަރޯސާވުން ކުޑަކޮށް، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއެކު، ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުވުން ކަމަށާއި، އަދި ދިވެހި ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ފަހި ކުރުމަކީވެސް ބީސީސީގެ އަމާޒެއް ކަމުގައި އެކުންފުނިން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ތަރައްޤީ ކުރެވޭ މި ގާމެންޓް ފެކްޓްރީ އައްޑޫ ސިޓީގައި ޤާއިމް ވެގެން ދިޔުމަކީ އެ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް އެއިން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމުގައިވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން މި ދާއިރާއިން ވިޔަފާރިވެރިން ކުރިއެރުވުމާއެކު، އަދުގެ ސަރުކާރުގެ ސިނާޢީ ތަރައްޤީގެ ބާރު ދުވެލީގައި އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް ވެސް އޭގެ އެންމެ އެދެވޭ އަސަރު ކުރާނެ ކަމަށް ބީސީސީއިން ދެކޭ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.