Advertisement

ބޭންކް އޮފް މޯލްޑިވްސް

04 Apr 2024
ވިޔަފާރި
ޢަލީ ސުލައިމާން

ހިއްސާއަކަށް 50ރ ގެ މަގުން ހިއްސާގެ ފައިދާ ބެހުމަށް ހުށައަޅަނީ

ބޭންކް އޮފްމޯލްޑިވްސްގެ ހިއްސާދާރުންނަށް ޙިއްސާއަކަށް 50 ރުފުޔާގެ މަގުން ފައިދާ ބެހުމަށް ހުށައަޅާނެ ކަމުގައި އެބޭންކުން ބުނެފިއެެވެ.

ބީއެމްއެލްއިން ބުނެފައި ވަނީ، 2023 ވަނަ އަހަރަކީ އެކުންފުންޏަށް އެންމެ ފައިދާ ބޮޑު އަހަރު ކަމަށެވެ. މިގޮތުން އެކުންފުންޏަށް ޓެކްސް ނުހިމަނައި ސާފު ފައިދާގެ ގޮތުގައި، 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމުގައި ބޭންކުން ވަނީ ބުނެފައެވެ. އެހެންކަމުން އެކުންފުންީގެ އަހަރީ އާއްމު ބައްދަލުވުމަށް ޙިއްޞާގެ ފައިދާގެ ގޮތުގައި ހިއްޞާއަކަށް 50ރ ގެ މަގުން ހިއްސާގެ ފައިދާ ބެހުމަށް ހުށައަޅާނެކަން ބޭންކުން މިއަދު ވަނީ ހާމަކޮށްފައެވެ. މިގޮތުން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމާފައި ވަނީ ޖުމުލަ، 269 މިލިޔަން ރުފިޔާ ކަމުގައިވެސް ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާލް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ހިއްޞާދާރަކީ ދައުލަތް ކަމަށްވީއިރު، ހިއްސާގެ ފައިދާގެ ގޮތުގައި ދައުލަށް 136.6 މިލިޔަން ރުފިޔާ ލިބޭއިރު ޓެކްސްގެ ގޮތުގައިވެސް 628 މިލިއަން ރުފިޔާ ބޭންކުން ދައްކާފައިވާ ކަމަށެވެ.

ޤައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެބޮޑު ބޭންކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.