އެމިރޭޓްސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި 16 މަންޒިލަކަށް ދަތުރުކުރެވޭނެ
އެމިރޭޓްސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. މިގޮތައް ހަމަޖައްސާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި އެމިރޭޓްސް އެއާލައިންއާ ދެމެދު މިދިޔަ އަހަރު ވެފައިވާ އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގައި ވާގޮތުގެ މަތިން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.