Advertisement

31 Oct 2023
ވިޔަފާރި

"ތަކާފުލް ވިންޑޯ އޮފް ދަ އިޔާ" ގޯލްޑް އެވޯޑް އަނެއްކާވެސް އަޔާދީއަށް

ސައުތު އޭޝިއާގެ ސަރަޙައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، މުޖުތަމައުއަށް ފައިދާކުރާނޭހެން އިޖާދީ ވިސްނުމަކުން ޚިދުމަތްތައް ބައްޓަންކޮށް ތައާރަފްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމުކުރާ އިފްސާ އެވޯޑުގެ މުހިންމު އެވޯޑެއް މިފަހަރުވެސް އަޔާދީ ތަކާފުލްއިން ހާސިލްކޮށްފިއެވެ

އޮކްޓޯބަރ 26 ވަނަ ދުވަހު ބޭއްވި އިފްސާ އެވޯޑް ހަފްލާގައި އަޔާދީއަށް މިފަހަރުވެސް ލިބިފައިވަނީ، މިދިޔަ ހަތަރު އަހަރު ވެސް އެ ކުންފުނިން ހޯދާފައިވާ "ތަކާފުލް ވިންޑޯ އޮފް ދަ އިޔާ" ކެޓަގަރީއިން ގޯލްޑް އެވޯޑެވެ. މިއާއިއެކު އަޔާދީ ތަކަފުލް މިވަނީ، މި އެވޯޑު ވިދިވިދިގެން ފަސް ފަހަރު ހާސިލްކޮށްފައެވެ. އެއީ 2018، 2019، 2020، 2021 އަދި 2022 ގެ ގޯލްޑް އެވޯޑެވެ

އިފްސާ އެވޯޑް ސީރީސްގައި މީގެ ކުރިން އަޔާދީ ތަކާފުލްއިން ހާސިލްކޮށްފައިވާ އެވޯޑުތަކުގެ ތެރޭގައި، 2017 ވަނަ އަހަރު ހާސިލްކުރި "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބުނު "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އާއި 2021 ވަނަ އަހަރު ހާސިލްކުރި "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" ސިލްވާ އެވޯޑް ހިމެނެއެވެ.

އެލައިޑް އިންޝުއަރެންސްގެ އިސްލާމިން ވިންޑޯ، އަޔާދީ ތަކާފުލްއަށް މިހާރު ނުވަ އަހަރު ފުރިފައިވާއިރު، މިއީ ރާއްޖޭގައި ފުރިހަމަ އިންޝުއަރެންސް ހައްލު ފޯރުކޮށްދިނުމުގެ މަގުސަދުގައި އެލައިޑުގެ ކުޑައިގެ ދަށުން ހުޅުވި ކުންފުންޏެކެވެ. އަދި އަޔާދީ ތަކާފުލް އަކީ އިސްލާމިކް އިންޝުއަރެންސްގެ ހިދުމަތް ދޭން ފެށި ދިވެހި ފުރަތަމަ ކުންފުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.