Advertisement

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުން. ފޮޓޯ: އެމްއޭސީއެލް

23 Oct 2023
ވިޔަފާރި

އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. ވަރޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދުއެވެ. މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ހެނދުނު 7:40 ގައެވެ.

މި ފްލައިޓަށް ރާއްޖެއިންވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔާފައެވެ. ވަރޖިން އެޓްލާންޓިކްއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފްލާގައި ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ، އެމް.އޭ.ސީ.އެލްގެ އިސްވެރިން އަދި އެ އެއަރލައިންގެ ރާއްޖޭގެ އެޖެންޓު ވޮޔޭޖަސް މޯލްޑިވްސްގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުން. ފޮޓޯ: އެމްއޭސީއެލް

ވަރޖިންގ އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއަރޕޯޓާއި، ވެލާނާއާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރުކުރާނެއެވެ.

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުން. ފޮޓޯ: އެމްއޭސީއެލް

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި ގުޅޭގޮތުން އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މަހްޖޫބް ޝުޖާއު ވިދާޅުވީ، މިއީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފެށުން. ފޮޓޯ: އެމްއޭސީއެލް

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ވަނީ އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ފެށުނު ދަތުރުތަކާއި ދެޤައުމުގެ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ގިނަ ފަސޭހަތެކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.