Advertisement

މޯލްޑިވިއަންއިން ބެންގަލޫރަށް ދަތުރުތައް ފެށުން -- ފޮޓޯ: މޯލްޑިވިއަން

30 Oct 2023
ވިޔަފާރި

މޯލްޑިވިއަންގެ ބެންގަލޫރު ދަތުރުތައް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ބެންގަލޫރަށް މިއަދު އަލުން ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަންއިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެންގަލޫރު އެެއާޕޯޓަށް ކުރާ ދަތުރުތައް ހަފްތާގެ ދެދުވަހުގައި އޮންނާނެ ކަމަށެވެ. މިގޮތުން ދަތުރުތައް އޮންނާނީ، ހޯމަ ދުވަހާއި ބުދަ ދުވަހުގައި ކަމަށާއި، މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްމެދުވެރިކޮށް މިހާރު ޓިކެޓް ބުކްކުރެވޭނެ ކަމުގައިވެސް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން ބުނީ، ދަތުރުތައް ހަމަޖެއްސުމުގައި، ބޭސްފަރުވާއާ ޗުއްޓީއަށް އަދި ވިޔަފާރީގެ ބޭނުންތަކަށް ބެންގަލޫރަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވާނޭ ހެން ޝެޑިއުލްހަމަޖައްސާފައި ވާނެ ކަމަށެވެ.

އިންޑިއާގެ ބެންގަލޫރަށް މިއަދު މޯލްޑިވިއަންގެ ދަތުރުތައް ފެށި އިރު އެ އެއާލައިނުން މިހާރުވެސް އިންޑިއާގެ ޗެންނާއިއަށާއި ޓްރެވިންޑްރަމްއަށް ޝެޑިއުލްދަތުރުތައް ކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.