Advertisement

ފޮޓޯ: އައިލެންޑް އޭވިއޭޝަން

18 Oct 2023
ޚަބަރު

އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމް މާފަރު އެއަރޕޯޓްގައި

އައިލެންޑް އޭވިއޭޝަން ސާވިސަސްއިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ފިއުލް ފާމެއް ހުޅުވައިފިއެވެ. މިއީ އެކުންފުނިން ގާއިމުކުރި ފުރަތަމަ ފިއުލް ފާމެވެ.

މާފަރު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެެއްގައި މި ފިއުލް ފާމް ހުޅުވައިދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީއެެވެ.

އެއްފަހަރާ ހަތަރު ލައްކަ ލީޓަރުގެ ތެޔޮ ރައްކާކުރެވޭ މި ފިއުލް ފާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިނޭންސްކޮށްގެން ގާއިމުކޮށްފައިވާ ފާމެކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ފިއުލް ފާމުގެ ސަބަބުން މާފަރު އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށެވެ.

މި ފިއުލް ފާމާ އެކު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޑޮމެސްޓިކް 4-5 ފްލައިޓަށް އަދި އިންޓަނޭޝަނަލް 3-5 ފްލައިޓަށް ހިދުމަތް ފޯރުކޮށްދެވޭނެއެވެ. 

މި ފިއުލް ފާމުގައި 400،000 ލީޓަރުގެ ފިއުލް ރައްކާ ކުރެވޭ އަދި 35،000 ލީޓަރުގެ ތެޔޮ ބައުޒަރަކާއި 20،000 ލީޓަރުގެ ތެޔޮ ބައުޒަރެއް ހިމެނެއެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ އެއް އެއާޕޯޓެވެ. އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 700 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑުކުރެވޭ މި އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.