Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

14 Sep 2023
ޚަބަރު

ޓެކްސީ ކުރާ ފަރާތްތަކަށް ކާރު ގަތުމަށް ޙާއްސަ ލޯނެއް އެސްޑީއެފްސީން ތައާރަފްކޮށްފި

ޓެކްސީ ދުއްވަން ކާރު ގަންނަން ހާއްސަ 'ޓެކްސީ ނަފާ ލޯނު' އެސްޑީއެފްސީން ތައާރަފުކޮށްފި އެވެ.

މި ލޯނުގެ ދަށުން ޓެކްސީ ގަންނަން ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެގޮތުން މިހާރު ޓެކްސީ ދުއްވާ މީހުންނާއި އަލަށް ޓެކްސީ ކުރަން ނިކުންނަން ބޭނުންވާ މީހުންނަށް ވެސް މި ލޯނަށް އެދެވޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

ގިނަ ދުވަސްވެފައިވާ ކާރު ބަދަލުކުރަންމިހާރު ވެސް ޓެކްސީ ކުރާ މީހުން ކާރު ގަންނަންއަލަށް ޓެކްސީ ކުރަން ބޭނުންވާ މީހުން ކާރު ގަންނަން މި ލޯނު ނެގޭނެކަމަށް އެސްޑީއެފްސީން ބުނެއެވެ.

އެސްޑީއެފްސީން ދޫކުރާ އެހެން ލޯނުތަކެކޭ އެއް ފަދައިން މި ލޯނުތައް ވެސް ދޫކުރަނީ %6 - %8 އިންޓްރެސްޓް ރޭޓުގައި ގިނަ ވެގެން ފަސް އަަހަރުގެ ތެރޭގައި އަނބުރާ ލޯނު ދައްކާ ގޮތަށެވެ. ގްރޭސް ޕީރިއަޑަކީ 6 މަސް ދުވަހެވެ.

ޓެކްސީ އައު ކުރުމަށް ލޯނަށް އެދެވޭނީ ބޭނުންކުރާތާ 10 އަހަރު ވެފައި ހުންނަ ޓެކްސީތަކަށެވެ. އަދި އަމިއްލަ ޓެކްސީއެއް ނެތް ޑްރައިވަރުން، މަދުވެގެން ފާއިތުވެ ދިޔަ އެއް އަހަރު ޓެކްސީގެ ހިދުމަތްދިނުމުގައި މަސައްކަތް ކުރާކަން ސާބިތުކޮށްދޭން ޖެހޭނެ ކަމުގައި އެސްޑީްއެފްސީން ބުނެ އެވެ.

މި ލޯނު ނެގުމަށްޓަކައި އެއްވެސް އިކުއިޓީއެއް ބޭނުމެއް ނުވާނެ އެވެ. އަދި ކޮލެޓްރަލްއެއް ވެސް ހުށަހަޅަން ނުޖެހޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ. ނަމަވެސް، ލޯނު ފައިސާއަށް ގަންނަ ޓެކްސީ މޯގޭޖު ކުރާނެ އެވެ.

ޓެކްސީ ޑްރައިވަރުންނަށް ކާރު ގަނެވޭނެ ފައިސާ ހަމަޖެހޭނެ މަގުފަހިކޮށްދިނުމަކީ އެ މީހުން ވަރަށް އެދެމުން އައި ކަމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.