Advertisement

29 Oct 2023
ވިޔަފާރި

އެލައިޑްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު

އެލައިޑް އިންޝުއަރެންސްގެ "ހޯމް ކޮންޓެންޓް ޕްލޭން" އެއް ނަގާ ފަރާތްތަކަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުން ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް 50 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

އެލައިޑް އިންޝުއަރެންސްއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑް އިންޝުއަރެންސްގެ ހޯމް ކޮންޓެންޓްގައި ހިމެނޭ ހޯމް ކޮންޓެންޓް ތަކާފުލް، އަހަރެންގެ ހިޔާ ނުވަތަ ހިޔާވަހި މިއިން ކޮންމެވެސް 1 ޕްލޭނެއް ނަންގަވައިގެން ބައިވެރިވެވޭނެކަމަށެވެ. 

ޕްރޮމޯޝަންގައި ބައިވެރިވުމަށް މިއިން ކޮންމެވެސް 1 ޕްލޭންއެއް  ނެންގެވުމަށްފަހު މި ޕްރޮމޯޝަންގެ ޕޯސްޓް ޕަބްލިކްއަށް ހިއްސާކުރަން ޖެހެއެވެ. 

އެލައިޑް ހޯމް ކޮންޓެންޓްގައި ހިމެނޭ ޕްލޭންތައް:

- ހޯމް ކޮންޓެންޓް ތަކާފުލް

މި ޕްލޭންގައި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިގެންދާނެއެވެ. އެގޮތުން ވަގަށް ނެގުން އަލިފާނުގެ ހާދިސާއެއް ނުވަތަ އެނޫންވެސް ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުންތައް ހިމެނެއެވެ.

- އަހަރެންގެ ހިޔާ

އަހަރެންގެ ހިޔާ މި ޕްލޭންއަކީ ހިޔާ ފްލެޓަށް ޙާއްސަ ކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި ގުދުރަތީ ކާރިސާއަކުން ނުވަތަ ވަގަށް ނަގައިގެން ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދޭނެއެވެ.

- ހިޔާވަހި

ހިޔާވަހި ޕްލޭންގައި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި އަމިއްލަ ތަކެތި ކާރިސާތަކުން ރައްކާތެރިކޮށްދެއެވެ.

މި ހުރިހައި ޕްލޭނެއްވެސް އެލައިޑްގެ މޯބައިލް އެޕްލިކޭޝަން ނުވަތަ މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް ނެގޭނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.