Advertisement

20 Sep 2023
ވިޔަފާރި

އިތުރު 2 ބޯޓު ގަންނަން މޯލްޑިވިއަނުން އޭޓީއާރު ކުންފުންޏާއިއެކު އެއްބަސްވެއްޖެ

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ 2 ބޯޓު ގަންނަން އޭޓީއާރު ކުންފުންޏާއެކު އެއްބަސްވެއްޖެއެވެ. އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަނުން އެއްބަސްވެފައިވަނީ އޭޓީއާރު 600-72ގެ 2 ބޯޓު ގަތުމަށެވެ. މިއީ އެ އެއަރލައިނުގެ ފްލީޓުގައި ބޭނުންކުރާ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރާން ގެންނަ ބޯޓުތަކެކެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުކޮށް ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމަށް ކުރާ މަސައްކަތަށް އަލަށް މި ގެންނަ ބޯޓުތަކާއެކު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، އެ ކުންފުނީގެ ޚިދުމަތުގައި އޭޓީއާރުގެ ބޯޓުތައް ބޭނުންކުރަން ފެށުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކް ލިބެމުން އަންނަކަމަށެވެ. އަދި މިއީ ޚަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ކަމަށްވެސް މިހާދު ވަނީ ފާހަގަކޮށްފައެވެ.

އޭޓީއާރު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނަތާލީ ޓާނައުޑް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ ބޯޓުތަކަކަށް ބަދަލު ކުރާއިރު އޭޓީއާރު މަރުކާގެ ބޯޓުތައް ހިޔާރުކުރުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު މަރުކާގެ 3 ބޯޓު މިހާރު އޮވެއެވެ. އެއީ އޭޓީއާރު 600-72ގެ ދެ ބޯޓު އަދި އޭޓީއާރު 42-600ގެ އެއް ބޯޓެވެ. މޯލްޑިވިއަންގެ ފްލީޓް އައުކޮށް އައު ބޯޓުތައް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ވަނީ މިހާރު ފަށާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.