ވިޔަފާރި
24 Nov 2023
ވިޔަފާރި
ފަތުރުވެރިކަމަށް އެމްޔޫ މަނިކު ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް ސާޓާ އެވޯޑް އަރުވައިފި
ޓޫރިޒަމް ދާއިރާއަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ކުރައްވަމުން ގެންދަވާ އިހްލާސްތެރި ހިދުމަތުގެ އަގުވަޒަންކޮށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް(ސާޓާ) އެވޯޑު ދީފިއެވެ.
22 Nov 2023
ވިޔަފާރި
އަޔާދީގެ ސަރޕަސްއަށް ޝަރުތުހަމަވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުޅުވާލައިފި
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021ވަނަ އަހަރުގެ ސަރޕްލަސް ބެހުމަށް ކަނޑައަޅާ، ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފިއެވެ. ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސަރޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ 22ނޮވެމްބަރު 2023 ގައެވެ.
22 Nov 2023
ޚަބަރު
ރާއްޖެއާއިއެކު ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރަން ސައުދީގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި
ދިވެހިރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަޢުދީގެ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއެވެ.
21 Nov 2023
ވިޔަފާރި
އެސްޓީއޯގެ ހިޓާޗީ ފްރިޖުތަކުގައި ވެސް ހަކަތަރި ލޭބަލް ޖަހަންފަށައިފި
އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކަށް ކަރަންޓު ބޭނުންވާ މިންވަރު އަނގައިދޭ "ހަކަތަރި" ލޭބަލް ޖަހަން ފަށައިފިއެވެ. އެގޮތުން އެސްޓީއޯއިން މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައެވެ.
16 Nov 2023
ޚަބަރު
"އެސް.އެމް.އީ ފައިނޭންސް ފޯރަމް"ގެ މެންބަރުކަން އެސްޑީއެފްސީއަށް
"އެސް.އެމް.އީ ފައިނޭންސް ފޯރަމް"ގެ މެންބަރުކަން ރާއްޖޭގެ އެސް.އެމް.އީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީއަށް ލިބިއްޖެއެވެ. މިއީ އެ ޖަމްޢިއްޔާގެ މެންބަރުކަން ލިބުނު ފުރަތަމަ ދިވެހި ކުންފުންޏެވެ.
14 Nov 2023
ވިޔަފާރި
5 މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ދެން ބަލައިގަންނާނީ ބީލަން ޕޯޓަލްއިން
ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ދެން ބަލައިގަންނާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ބީލަން ޕޯޓަލް ތަޢާރަފްކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.
11 Nov 2023
ވިޔަފާރި
ސްޓާލިންކްގެ ހިދުމަތް ރާއްޖޭގައި ފަށައިފި
ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޙިދުމަތް ރާއްޖޭގައި ދޭން ފަށައިފިއެވެ. މިއާއެކު ސްޓާލިންކުގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ޗާޓުގައި ރާއްޖެވަނީ ހިމަނާފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް އެންމެ ފުރަތަމަ ލިބެން ފެށި ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.
08 Nov 2023
ވިޔަފާރި
މިފްކޯއަށް ގަތް އިތުރު ބޯޓެއް ރާއްޖެއައުމަށް ދަތުރުފަށައިފި
ޖަޒީރާ 106 އަކީވެސް ދުވާލަކު 60 ޓަނުގެ މަސް ބްރެއިން ފްރީޒް ކުރެވޭ، އަދި 200 ޓަނުގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ ހުރި ބޯޓެކެވެ. މީގެ އިތުރު ދެބޯޓު ގަނެފައިވާ އިރު، އެބޯޓުތައްވެސް ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މިފްކޯއިން ދަނީ ކުރަމުންނެވެ.
08 Nov 2023
ވިޔަފާރި
މަސްގަންނަ އަގު ދަށް ކުރުމުގެ ވިސްނުމެއް ނެތްކަމުގައި މިފްކޯއިން ބުނެފި
މިފްކޯއަށް 25ރ އަށް މަސްކިލޯއެއް ގަނެގެން ކުންފުންޏަށް ގެއްލުންތައްވަމުންދާތީ، މަސްގަންނަ އަގު ރިވިއުކޮށް އަގު ދަށްކުރުމަށް ކުންފުނިން މަސައްކަތްކުރަމުންދާކަމުގައި ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިފްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށާއި، މަސްގަންނަ އަގު ދަށްކުރުމުގެ ވިސްނުމެއް އެކުންފުނިން ނުގެންގުޅޭ ކަމަށެވެ. އަދި މަސްގަންނަ އަގު ރިވިއު ކުރުމާއި ގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީއާ އަދި ސަރުކާރުގެ އެހެން އިދާރާއާއެކުވެސް މިފްކޯއިން މަޝްވަރާކުރަމުން ނުދާ ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.
02 Nov 2023
ވިޔަފާރި
އެސްޓީއޯ އިޔަރއެންޑް ސޭލް ފަށައިފި
ނޮވެމްބަރު މަހުގެ 1 ން ޑިސެމްބަރު 15 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށާއި، މި ސޭލްގެ މުއްދަތުގައި ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓާއި އަދި ބަންޑްލް އޮފަރތައްވެސް ލިބޭނެ ކަމުގައި އެސްޓީއޯއިން ވަނީ ބުނެފައެވެ.
01 Nov 2023
ވިޔަފާރި
ބޯޓިން އެވޯޑަށް އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލާފައިވާ ފަރާތްތަކަށް އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ.
31 Oct 2023
ވިޔަފާރި
"ތަކާފުލް ވިންޑޯ އޮފް ދަ އިޔާ" ގޯލްޑް އެވޯޑް އަނެއްކާވެސް އަޔާދީއަށް
ސައުތު އޭޝިއާގެ ސަރަޙައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، މުޖުތަމައުއަށް ފައިދާކުރާނޭހެން އިޖާދީ ވިސްނުމަކުން ޚިދުމަތްތައް ބައްޓަންކޮށް ތައާރަފްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމުކުރާ އިފްސާ އެވޯޑުގެ "ތަކާފުލް ވިންޑޯ އޮފް ދަ އިޔާ" ކެޓަގަރީއިން ގޯލްޑް އެވޯޑު، އަޔާދީ އިން ހާސިލްކޮށްފިއެވެ.
30 Oct 2023
ވިޔަފާރި
މޯލްޑިވިއަންގެ ބެންގަލޫރު ދަތުރުތައް ފަށައިފި
މޯލްޑިވިއަންއިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެންގަލޫރު އެެއާޕޯޓަށް ކުރާ ދަތުރުތައް ހަފްތާގެ ދެދުވަހުގައި އޮންނާނެ ކަމަށެވެ. މިގޮތުން ދަތުރުތައް އޮންނާނީ، ހޯމަ ދުވަހާއި ބުދަ ދުވަހުގައި ކަމަށާއި، މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްމެދުވެރިކޮށް މިހާރު ޓިކެޓް ބުކްކުރެވޭނެ ކަމުގައިވެސް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
29 Oct 2023
ޚަބަރު
އެސްޓީއޯއަށް ތިންވަނަ ކުއާޓާގައި 760 މިލިއަންގެ ފައިދާއެއް
އެސްޓީއޯއަށް 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.
29 Oct 2023
ވިޔަފާރި
އެލައިޑްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު
އެލައިޑް އިންޝުއަރެންސްގެ "ހޯމް ކޮންޓެންޓް ޕްލޭން" އެއް ނަގާ ފަރާތްތަކަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުން ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް 50 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
28 Oct 2023
ވިޔަފާރި
ކްރައުން އެންޑް ޗަންޕާގެ 'ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް' ރިސޯޓު ހުޅުވައިފި
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީކުރި 'ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް' ރިސޯޓު ހުޅުވައިފި އެވެ. މި ރިސޯޓަކީ 290 ކޮޓަރީގެ ރިސޯޓެކެވެ.