Advertisement

ފަހި ފަތުރުވެރިކަމަށް އަންހެނުން ޕްރޮގްރާމް އިފްތިތާހް ކުރުން --

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފަހި ފަތުރުވެރިކަމަށް އަންހެނުންގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

ފަހި ފަތުރުވެރިކަމަށް އަންހެނުންގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ޚާއްޞަ ޕްރޮގްރާމެއް ފަށައި އެޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެކަމަކީ ހަފްތާ 14ގެ ތެރެއިން އެމިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. މިގޮތުން މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސަޢީދެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު އިފްތިތާޙްކުރި މިޕްރޮގްރާމްގެ ބޭނުމަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެނުންނަށް އަދާކުރެވޭނެ ދައުރާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއިއެކު، މެންޓޯޝިޕް ޕްރޮގްރާމެއްގެ ސިފައިގައި، ފަަތުރުވެރިކަމުގެ ދާއިރާއަށް އަންހެނުން ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެނުން ބާރިވެރިކޮށް، ވަޒީފާއަދާކުރާ މިންވަރު އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަހަރަކު ދެފަހަރު ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ރާވާފައި ވަނީ، ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.

މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.