Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

02 Feb 2024
ޚަބަރު

ޑްރޯން ބޭނުންކޮށްގެން ކާގޯގެ ހިދުމަތް ދިނުމަށް ދިރާސާކުރަން އެމްއެންޔޫއަށް ހަވާލުކޮށްފި

ރާއްޖޭގައި ޑްރޯން މެދުވެރިކޮށް ކާގޯގެ ޚިދުމަތް ފެށުމަށް ޤައުމީ ފެންވަރުގައި ދިރާސާއެއް ކުރުމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއާ ހަވާލުކޮށްފިއެވެ. ދިރާސާ ކުރުމަށް އެމްއެންޔޫއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.

އެމްއެންޔޫއިން ކުރިއަށްގެންދާ ދިރާސާއަކީ ޢާންމުންނާ އިންޓަވިއުކޮށްގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ދިރާސާއެކެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގައި ސީދާ މާލެއިން ރަށްރަށަށް ކާގޯގެ ޚިދުމަތް އޮތް މިންވަރު ބަލާ ދެނެގަންނާނެކަމަށް އާރްސީއެލްއިން ބުނެއެވެ. އަދި ދެވަނަ މަރުހަލާގައި އަތޮޅުތަކުގައި އުފައްދާ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ބޭނުން އޮތް މިންވަރު ބަލާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ ދިރާސާގެ ބޭނުމަކީ ރާއްޖޭގައި އެއާ ކާގޯގެ ބޭނުން އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް ކަމަށެވެ. އަދި އެ ދިރާސަގެ އަލީގައި ލިބޭ މަޢުލޫމާތު ތަކަށް ބެލުމަށްފަހު މިހާރު ފޯރުކޮށްދެމުންދާ އެއަކާގޯގެ ޚިދުމަތް އެހެން ގޮތަކަށް ފޯރުކޮށްދިނުމަށް ޑްރޯން ކާގޯގެ ޚިދުމަތް ފެށޭނެ މަގެއް ހޯދުމަކީ ވެސް ދިރާސާގެ ބޭނުމެއް ކަމަށް މުބީން ވިދާޅުވިއެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ޗާންސެލަރު ޝެހެނާޒް އަހުމަދު ވިދާޅުވީ އެއާކާގޯއަކީ ރާއްޖޭގެ އިޤްތިޞާދީ ހުރިހާ ދާއިރާއަކަށް މުހިންމު ޚިދުމަތެއްކަމަށެވެ. އަދި އެ ދިރާސާއިން އެއަކާގޯ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ދަތިތައް ދެނެގަނެވޭނެކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.