Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

17 Jan 2024
ޚަބަރު

ތާޒާ ފެން ފަސޭހައިން އޯޑަރުކޮށްލެވޭގޮތައް ހާއްސަ އެޕްލިކޭޝަނެއް ލޯންޗްކޮށްފި

ތާޒާ ފެނަށް އޯޑަރު ދިނުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނަކާއި ވެބްސައިޓެއް ތައާރަފު ކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި "ތާޒާ" އެޕްލިކޭޝަނާއި އޮފިޝަލް ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޗެއާމަން އަބުދުލް މަތީން މުހައްމަދު އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމެވެ.

އައިބީއެމް އިން ބުނީ މި ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ތާޒާ ފެނަށް އޯޑަރު ކޮށްލެވޭނެ ކަމަށާއި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ އޯޑަރުތަކާއި ޑެލިވަރީގެ ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ތާޒާ އެޕްލިކޭޝަންގައި ހިމެނޭ "ރިއަލް ޓައިމް އޯޑަރިން" ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް އޯޑަރުތައް ފަސޭހަކަމާއެކު ޓްރެކް ކުރެވޭނެއެވެ. އެޕްލިކޭޝަނަށް ރަޖިސްޓާކުރުމަށް ޔޫޒާ ވެރިފިކޭޝަންގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި މޯބައިލް ނަންބަރެވެ.

އެޕް މެދުވެރިކޮށް އޯޑަރުތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދައްކާލެވޭއިރު ކަސްޓަމަރުން ބޭނުން ވަގުތެއްގައި ކުރިން ކޮށްފައި ހުރި އޯޑަރުތައްވެސް ބަލާލެވޭނެއެވެ.

އައިބީއެމް އަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. އައިބީއެމްއިން އަންނަނީ 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތާޒާ ފެން ފޯރުކޮށްދެމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.