Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

15 Jan 2024
ޚަބަރު

އެސްއެމްއީ ހަބުން ގިނަ ވިޔަފާރިތަކަށް ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އެސްއެމްއީ ހަބްގައި ކާބޯތަކެތި ވިއްކާ ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކުރުމުގެ އިތުރުން، ދުވަހު ކުއްޔަށާއި މަހު ކުއްޔަށް ކިއޮސްކްތައް ދޫކުރުމަށްވެސް ނިންމާފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަންގެ ދަށުން އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތި ވިއްކުމަށް ދޫކުރާ ކިއޮސްކްތަކުގެ ތެރެއިން މަހު ކުއްޔަށް ދޫކުރާ ކިއޮސްކްތަކުގެ ކުލި ކުޑަކޮށްފައިވަނީ 6750 ރުފިޔާއަށެވެ. އަދި ދުވަހު ކުއްޔަށް ދޫކުރާ ކިއޮސްކްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކަށް 250 ރުފިޔާގެ ރޭޓުންކަމަށް ބީސީސީން ވަނީ ބުނެފައެވެ. ކިއޮސްކްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން މިމަހުގެ 20 ގެ ނިޔަލަށް ދިވެހި އުފެއްދުންތެރިންނަށް އެސްއެމްއީ ހަބްގެ 2 ވަނަ ފަންގިފިލާގައިތަކެތި ވިއްކައި މާކެޓް ކުރުމުގެ ހިލޭ ދިނުމަށްވެސް ބީސީސީން ވަނީ ނިންމާފައެވެ. އަދި މިގޮތައް ތަކެތި އިޝްތިހާރުކޮށް ވިއްކަން ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އެސްއެމްއީ ހަބްގެ އަހަރީ ދުވަހާއި ގުޅުވައިގެން އުރީދޫއާއި ކްރޮސްރޯޑް މޯލްޑިވްސްއާއި ގުޅިގެން ސްޓޭންޕް އެންޑް ވިންގެ ނަމުގައިވެސް ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެސްއެމްއީ ހަބުން ކުރާ ކޮންމެ 50 ރުފިޔާގެ ވިޔަފާރިއަކަށް ދޫކުރާ ސްޓޭމްޕްގެ 10 ސްޓޭމްޕް ހަމަކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރ 23 އިން ޖަނަވަރީ 23 ގެ ނިޔަލަށެވެ.

އެކި ބާވަތުގެ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ތަކެތި މާކެޓްކޮށް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ބީސީސީން ޤާއިމްކޮށްފައިވާ އެސްއެމްއީ ހަބަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިންވެސް ކޮންމެ ދުވަހަކު ހިދުމަތް ހޯދާ ތަނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.