އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ފަށައިފި
އެކޯޕަރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތް ކުރައްވާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެކުލަވާލެވޭ ދަފްތަރެކެވެ.