Advertisement

ކްރިއޭޓަރސް ކޮންފްލުއެންސް ބައިވެރިންނާއިއެކު މިނިސްޓަރ ސަޢީދު- ފޮޓޯ: ބީސީސީ

18 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ދިވެހި ފަންނުވެރިންގެ އުފެއްުދުންތައް މެލޭޝިޔާގައި އިޝްތިހާރުކުރުމުގެ ފުރުޞަތު

ދިވެހި ފަންނުވެރިންގެ އުފެއްުދުންތައް މެލޭޝިޔާގައި އިޝްތިހާރުކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގަިއ ޚާއްޞަ ހަރަކާތްތަކެއް ބާއްވަވާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބީސީސީގެ އިސްނެގުމާއެކު ބޭއްވި ކްރިއޭޓަރސް ކޮންފްލުއެންސް ފަހު ސެޝަންގައި ބައިވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި އެއީ ދިވެހި ފަންނުވެރިންނަށް ބައިނަލްއަޤްވާމީ މާކެޓުން ޖާގަ ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ސަޢީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ފަންނުވެރިންނަށް ޚާއްޞަ އެކްސްޕޯއެއްވެސް ބާއްވާނެ ކަމަށެވެ. އެއީ ފަންނުވެރިންގެ ހުނަރާއި މަސައްކަތްތެރިކަން ވާދަވެރި މާހައުލެއްގައި ދައްކާލެވޭނެ އެކްސްޕޯއަކަށް ވެގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ކުރިއަށް ގެންދިޔަ، ކްރިއޭޓަރސް ކޮންފުލުއެންސަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރުމަށް، ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހިމެނުމާއި، ބީސީސީން ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ޤާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމުގެ ގޮތުން ބާއްވާފައިވާ ބައްދަލުވުމެކެވެ.

ނެޝަނަލް އާޓް ގެލެރީގައި މިބައްދަލުވުން ބާއްވާފައި ވަނީ، ހެނދުނު 10 އިން ރޭގަނޑު 10 އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.