Advertisement

ފޮޓޯ: ބީސީސީ

23 Feb 2024
ޚަބަރު

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޚާއްސަ ޕްލެޓްފޯމެއް ތައާރަފްކޮށްފި

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް "މަހަ"ގެ ނަމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ން ޚާއްޞަ އީކޮމަރސް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން ޢަލީއެވެ.

މަހަ ޕޯޓަލްގައި ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވައިލާފައެވެ. މަހަ ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޙުސައިން ޒާމިރު ވިދާޅުވީ މަހަ ޕޯޓަލްއާއެކު މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެވެސް އެތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގު ފަހި ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ބީސީސީއާއި އެސްޑީއެފްސީއާއި ސަރުކާރުގެ ތެރެއިން މިފަދަ ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަހަ ޕޯޓަލްގެ މަޤްޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ވިޔަފާރީގެ ފުރުޞަތުތަކެއް ފަހިކޮށްދިނުންކަމަށް ބީސީސީއިން ބުނެއެވެ. މަހަ ޕޯޓަލް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކަށް ފަސޭހައިން ތަކެތި ވިއްކުމަށާއި ގަންނަ ފަރާތާއި އުފައްދާ ފަރާތާއި ދެމެދު ފަސޭހައިން މުޢާމަލާތު ކުރެވޭނެ ގޮތަށެވެ. މަހަ ޕޯޓަލާއެކު ދިވެހީންގެ ފަންނީ އަދި އީޖާދީ ވިސްނުމާއެކު ތަފާތު އީޖާދީ އުފެއްދުންތައް މި ސިނާއަތުން ފެނިގެން ދާނެ ކަމަށް ބީސީސީން ދެކެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.