Advertisement

27 Sep 2024
ޚަބަރު

އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ފަށައިފިއެވެ.

އެކޯޕަރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތް ކުރައްވާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެކުލަވާލެވޭ ދަފްތަރެކެވެ. މި ދަފްތަރުގައި އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގައި ޢަމަލުކުރާނެ އުޞޫލެއްވެސް ވަނީ ކަނޑައަޅާފައި ކަމުގައި އެކުންފުނިން ހާމަކޮށްފައިވެއެވެ.

ބީސީސީން ހާމަކޮށްފައިވާ ގޮތުގައި، ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަޠު 27 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުން ފެށިގެން އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ވަނީ މިހާރު ހުޅުވާލާފައެވެ. އަދި މި ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް www.bcc.mv އިން ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ން ފެށިގެން ފެންނަން ހުންނާނެ ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި، ވިޔަފާރީގެ ގޮތުގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތައް މި ދަފްތަރުގައި ރަޖިސްޓަރީ ވުމަކީ އެފަރާތްތަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށްގިނަ ކަންކަމުގައި ލުއިފަސޭހަތައް ލިބޭނެ ކަމެއްކަމުން، އެފަދަ ހުރިހާ ފަރާތްތަކެއްވެސް މި ފުރުޞަޠުގެ ބޭނުން ހިއްޕެވުމަށް ބީސީސީން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.