Advertisement

ފޮޓޯ: ބީސީސީ

04 Feb 2024
ޚަބަރު

ހިޔަލަ ވީކެންޑް މާކެޓްގެ ވަގުތާއި ވިޔަފާރިވެރިންގެ އަދަދު އިތުރުކޮށްފި

"ހިޔަލަ ވީކެންޑް މަރކެޓް"ގައި ކޮންމެ ހަފްތާއަކު ފުރުޞަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް، ހަފްތާއަކު ތިން ދުވަހު މި މަރކެޓް ބޭއްވުމަށް ބީސީސީން ނިންމައިފިއެވެ.

ހަފްތާ ސާދައިގެ މަގު ޗާޓުގައިވާގޮތަށް އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މަރކެޓް، މިހާތަނަށް ބާއްވަމުން އައީ ކޮންމެ ހަފްތާ ބަންދެއްގައި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް ލިބެމުންދާ ތަރުހީބަށް ބަލައި ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން މިހާރު ނިންމާފައިވަނީ މި މަރކެޓްގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުޞަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް ކޮންމެ ހަފްތާއަކު ތިން ދުވަހު ބޭއްވުމަށެވެ. މި ނިންމުމާއެކު މި މަރކެޓް ދެން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިން ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި ވީކެންޑް މަރކެޓް ކުރިއަށްދަނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. "ހިޔަލަ ވީކެންޑް މަރކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 

މި މަރކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް 18އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނަށް މި މަރކެޓުގައި ތަކެތި ވިއްކައި މަރކެޓް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.